ރޭ މާލޭގައި އިދިކޮޅު އެމްޑީޕީ އާއި ޕީއެންއެފް ގުޅިގެން ސަރުކާރާ ދެކޮޅަށް ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން ފުލުހަކަށް ހަމަލާދީ، އޭނާގެ ލޯމަތި ފަޅާލައިފިއެވެ.
’އެކިއެމްވީ“ އިން ކުރި ސުވާލެއްގެ ޖަވާބުގައި ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ 13 މެއި 2026 ވީ ބުދަ ދުވަހުގެ ރޭ މާލޭގެ މަގުތަކުގައި ކުރިއަށްދިޔަ އެއްވުމެއްގެ ތެރެއިން ކަމަށެވެ. މި އެއްވުމުގެ ބައިވެރިން ފުލުހުންގެ ސަފުތައް ފަޅާލުމަށް މަސައްކަތްކޮށް، ފުލުހުންނާ ކުރިމަތިލައި ހިންގި ހަމަނުޖެހުންތަކުގެ ތެރޭގައި އެ ފުލުސް މީހާގެ ލޯމަތި ފަޅައިގެން ގޮސް ބޮޑެތި އަނިޔާތަކެއް ވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި ހަމަނުޖެހުމުގައި އަނިޔާވި ފުލުހަށް ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު، މިހާރު ވަނީ ދޫކޮށްލާފައެވެ.
ރޭގެ މުޒާހަރާ ލީޑުކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުއެވެ. އޭނާއަކީ ފުލުހުންގައިގަ ތަޅާނެ ބަޔަކު ހޯދައިގެން ނުކުމެ ތަޅާލަން މީގެ ކުރިން އެތައް ފަހަރަކު ހިތްވަރުދީފައިވާ މީހެކެވެ.

އިދިކޮޅު ފަރާތްތަކުން މި މުޒާހަރާ ބާއްވާފައިވަނީ ސަރުކާރުގެ އެކި ސިޔާސަތުތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމަށެވެ. ނަމަވެސް، މުޒާހަރާގެ ބައިވެރިން ޤާނޫނާ ޚިލާފުވެ، ރައްކާތެރިކަން ދަމަހައްޓަން ތިބި ފުލުހުންނަށް ހަމަލާދީފައިވާތީ އެކަމާ ގުޅޭގޮތުން ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
މިފަދަ އެއްވުންތަކުގައި އަމަންއަމާންކަން ގެއްލޭ ފަދަ ޢަމަލުތައް ނުހިންގުމަށާއި، ސުލްހަވެރިކަމާއެކު ޚިޔާލުފާޅުކުރުމަށް ކަމާބެހޭ ފަރާތްތަކުން އަބަދުވެސް އިލްތިމާސްކުރެއެވެ.














ކެނެރީގޭ ނަޝީދު ދިޔަތަނެއްސަލާމަތަކުނއ ނުހުންނާނެ ތޫހަމަ ނުލަފާ އިފުރީތައެޢް އޭނަ ރަޢްރަޢައްދަތުރު ކިރާއިރު ކިޑކުއްޖރއްގެ ގައިގ އަތްވެސް ނުލާނެ މީގެ ކުރިއަކުން މިހާރު ކުރާދަތުރުތަކުގަ އަތްލާހަދާ އެވެސް ރައީސް ޔާމީނާ ރައީސް މުއީޒު ކުޑަކުދިން އިރާތީ އޭނައެކަންކުރަންފެޢީ އޭނަބަކާނީ މުސްކުޅި އަންހެނަކާ ކައިރިވެވޭތޯ ބަދިގެއަޢްވަދެ ކައްކާދީ ހަދައިގެން ދެންބަލާނީ ރައްޔިތުންނަޢް އަނިޔާކޮއް ނޮހޮރުއްޕާން ކުރެވޭތ