Sunday, 25 October 2026
Ads by

ހައިވޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ނިޔާވީ އިންޑިއާ މީހެއް

ހައިވޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ނިޔާވީ އިންޑިއާ މީހެއް

މާލެ އާއި ހުޅުމާލެ ގުޅުވައިދޭ ހައިވޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި  ނިޔާވީ އިންޑިއާގެ ރައްޔިތެއްކަން ހާމަވެއްޖެއެވެ.

Ad Image
Ads by

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާގައި ނިޔާވެފައިވަނީ އުމުރުން 50 އަހަރުގެ އިންޑިއާ ފިރިހެނެކެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ފަޅީގެ، އެއާޕޯޓު ޓްރެފިކް ލައިޓް ކައިރީގައެވެ.

ފުލުހުން ބުނީ މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ ރޭ 22:12 އެހައިކަންހާއިރު ކަމަށެވެ. މި ހާދިސާ ހިނގަން މެދުވެރިވި ގޮތާ ބެހޭގޮތުން ފުލުހުން ބުނީ، އެކްސިޑެންޓް ހިނގީ ސައިކަލެއް ކަހާލައިގެން ވެއްޓުނު ވަގުތު، އެ ސަރަހައްދުން ދަތުރުކުރި ޕިކަޕެއްގެ ދަށުވުމުގެ ސަބަބުން ކަމަށެވެ.

މަންޒަރުދުށް ފަރާތްތަކުން ބުނީ އެމީހާ ޕިކަޕުގެ އަރިމަތިން އޯވަރޓޭކް ކުރަން އުޅުމުގެ ތެރޭގައި ސައިކަލެއްގައި ޖެހި ވިއްސައިންގޮސް ޕިކަޕު ދަށުވީކަމަށެވެ. އަދި އެވަގުތު އޭނާގެ ފުރާނަ ދިޔައީ ކަމަށްވެސް ލަފާކުރެވޭކަމަށް ބުނެއެވެ. ހާދިސާ ހިނގި ސަރަހައްދުގައި އޭނާގެ ސިކުނޑި އާއި ގޮހޮރުން ބައެއްވެސް ފެންނަން ހުރިކަމަށް މަންޒަރުދުށް ފަރާތްތަކުން ބުނެއެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފަހަކަށް އައިސް މާލެ ސަރަހައްދުގެ މަގުތަކާއި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާ މިންވަރު ވަނީ އިތުރުވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި