Wednesday, 17 June 2026
Ads by

ވަޒީފާއިން ވަކިކުރުމުން ބަދަލުހިފަން ރައީސްގެ އަބުރު ކަތިލާނެ ކަމަށް ބުނާ އީޝާގެ އޯޑިއޯއެއް ލީކުވެއްޖެ

ވަޒީފާއިން ވަކިކުރުމުން ބަދަލުހިފަން ރައީސްގެ އަބުރު ކަތިލާނެ ކަމަށް ބުނާ އީޝާގެ އޯޑިއޯއެއް ލީކުވެއްޖެ

ސަރުކާރުގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެއްގެ މަގާމުގައި ހުންނެވި އީޝާ އަޝްރަފް މަގާމުން ވަކިކުރުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ބަދަލު ހިފާނެ ކަމަށް ބުނާ އޯޑިއޯއެއް ސޯޝަލް މީޑިއާގައި މިއަދު ލީކުވެއްޖެއެވެ.

Ad Image
Ads by

ސޯޝަލް މީޑިއާގެ ”ރާކަނި“  ނަމަކަށް ކިޔާ ޕޭޖުން އާންމުކޮށްފައިވާ މި އޯޑިއޯއަކީ އީޝާ އޭނާގެ ބައްޕައާ ފޯނުން ވާހަކަދައްކަމުން ދިޔަ ވަގުތުގެ ރެކޯޑިންގް އެއްކަމަށް ބުނެފައިވެއެވެ. މި އޯޑިއޯގައި އީޝާ ވަނީ އޭނާ މަގާމުން ވަކިކުރިކަން ރައީސް އޮފީހުން އަންގާފައިވާ ކަމަށާއި، އެކަމުގެ ބަދަލު ވަރަށް ހިތިކޮށް ހިފާނެ ކަމަށް ބުނެ ރައީސަށް އިންޒާރު ދީފައެވެ.

ލީކުވެފައިވާ އޯޑިއޯގައި އީޝާ އޭނާގެ ބައްޕައަށް ގުޅައި ބުނެފައިވަނީ، ރައީސް އޮފީހުން ގުޅާފައި މިއަދުން ފެށިގެން ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމުން ވަކިކުރިކަން އަންގާފައިވާ ކަމަށެވެ. އަދި ވަކިކުރި ކަމުގެ ލިޔުން ފޮނުވާނެ ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވާ ކަމަށް އީޝާ ކިޔައިދީފައިވެއެވެ.

އެހެންކަމުން އެކަމުގެ ބަދަލު ކޮންމެސް ދުވަހަކުން ހިފާނެ ކަމަށާއި، ރައީސް މުޢިއްޒު ހީނުކުރާވަރުގެ ހިތިކޮށް ބަދަލު ހިފާނެ ކަމަށްބުނެ މި އޯޑިއޯގައި ވާހަކަ ދައްކާފައިވެއެވެ.

މައުލޫމާތު ލިބޭގޮތުގައި އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ އޭނާ އޭރު ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކުރީގެ ސްޓެލްކޯ އެމްޑީ ސަމާހުގެ ކޮރަޕްޝަން މައްސަލަތަކާއި ގުޅިގެން އޭނާ މަގާމުން ވަކިކުރުމާއެކު، އީޝާ އޮފީހަށް ހާޒިރުވުން ހުއްޓާލުމުންނެވެ. ރަސްމީ އެއްވެސް މަސައްކަތަކަށް ނުނިކުމެ ގިނަ ދުވަސްތަކެއް ވުމުން އޭނާ ސިޔާސީ މަޤަމުން ވަނީ ވަކިކޮށްފައެވެ.

މިއާއިއެކު އޭނާ ދަނީ އެކިގޮތްގޮތުން ރައީސް މުޢިއްޒުގެ އަބުރަށް އަރައިގަނެ، އެކި ކަހަލަ ތުހުމަތުކުރަމުންނެވެ. ލީކުވި އޯޑިއޯ އާއި ގުޅިގެން ގިނަބަޔަކު ދަނީ އީޝާ ހައްޔަރުކުރުމަށްވެސް ގޮވާލަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
muhtho
މޭޔަރު އާޒިމާއެކު ދެން މުއާމަލާތް ކުރާނީ ހަމައެކަނި ލިޔުމުން: މުއްތަލިބު
Customs building 2
ޗިޕްސް ދަޅުތަކާއި ޗޮކްލެޓް ޕައުޑަރު ފޮށިތަކުގައި ފޮރުވައިގެން އެތެރެކުރި 1،000 އަށްވުރެ ގިނަ ވޭޕް ކާޓްރިޖް އަތުލައިގަނެފި
masdhalhu mifco
މޭ މަހު ރާއްޖެއިން އެކްސްޕޯޓްކުރި ދަޅުމަހުގެ އަގު 38 މިލިއަން ރުފިޔާއަށް އަރައިފި
BML FVM
ފުވައްމުލަކު އެއާޕޯޓް ސަރަހައްދުގައި ބީއެމްއެލްގެ އައު އޭޓީއެމް ސެންޓަރެއް ހުޅުވައިފި
Ads by
މަގުބޫލު
IRan coach
މިއީ ވޯލްޑް ކަޕް ތާރީޚުގައިވެސް ޓީމަކަށް އެންމެ އިހާނެތިކޮށް ކަންތައް ކުރާ ފަހަރު: އިރާންގެ ކޯޗު
20260613_230023
ނުނިވޭނެ ނޫރު: މުޙައްމަދު ޢަލީގެ ވަރުގަދަ އިމްތިޙާނުން ހަނދުމަކޮށްދިން ޞަޙާބީންގެ މަތިވެރި ނަމޫނާ
zaya
އަހަރެން މިހުރީ ސިންގަލް ކޮށް، ބޭނުމީ "ކަޅު ދިގު" ފިރިހެނެއް: ޒާޔާ
20260614_010354
އިންޑިއާ ފަޅުވެރީން މަރާލި މައްސަލާގައި ޝަކުވާކުރުމުން އެމެރިކާއިން އިންޑިއާ ފުކަކަށް ހަދާލައިފި
IRan coach
މިއީ ވޯލްޑް ކަޕް ތާރީޚުގައިވެސް ޓީމަކަށް އެންމެ އިހާނެތިކޮށް ކަންތައް ކުރާ ފަހަރު: އިރާންގެ ކޯޗު
20260613_230023
ނުނިވޭނެ ނޫރު: މުޙައްމަދު ޢަލީގެ ވަރުގަދަ އިމްތިޙާނުން ހަނދުމަކޮށްދިން ޞަޙާބީންގެ މަތިވެރި ނަމޫނާ
zaya
އަހަރެން މިހުރީ ސިންގަލް ކޮށް، ބޭނުމީ "ކަޅު ދިގު" ފިރިހެނެއް: ޒާޔާ
20260614_010354
އިންޑިއާ ފަޅުވެރީން މަރާލި މައްސަލާގައި ޝަކުވާކުރުމުން އެމެރިކާއިން އިންޑިއާ ފުކަކަށް ހަދާލައިފި