Sunday, 25 October 2026
Ads by

މާލޭ ސަރަޙައްދުން ހިމަބިހީގެ ކޭސްއެއް ފެނިއްޖެ؛ މިއަހަރު ފެނުނު ކޭސްތަކުގެ އަދަދު 5 އަށް

މާލޭ ސަރަޙައްދުން ހިމަބިހީގެ ކޭސްއެއް ފެނިއްޖެ؛ މިއަހަރު ފެނުނު ކޭސްތަކުގެ އަދަދު 5 އަށް

މާލޭ ސަރަޙައްދުން ހިމަބިހި (މީސަލްސް) އަށް ޕޮޒިޓިވްވެފައިވާ ދެ މީހަކު ފެނިއްޖެއެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މައުލޫމާތު ދެއްވި ގޮތުގައި، މި ކޭސްތައް ފެނިފައިވަނީ މި ހަފްތާގެ ތެރޭގައެވެ.

Ad Image
Ads by

މި ކޭސްއާ ގުޅިގެން އާންމުކޮށް އަމަލުކުރާ އުސޫލުގެ މަތިން ”ބަލި ޖެހުނު ގޮތް ދެނެގަތުމަށް“ (ކޭސް އިންވެސްޓިގޭޝަން) ކުރަންޖެހޭ މަސައްކަތްތައް އެޗްޕީއޭއިން މިހާރު ވަނީ ފަށާފައެވެ. މީގެ އިތުރުން، ބަލި ޖެހުނު މީހާ އާ ކޮންޓެކްޓްވި މީހުން ދެނެގަތުމާއި، އެ މީހުންގެ ތެރެއިން ވެކްސިން ފުރިހަމަނުކުރާ ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހީގެ ޖުމްލަ 5 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ. މީގެ ތެރޭގައި ރާއްޖެއިން ބޭރުން ބަލި ޖެހިގެން އައި މީހުންވެސް ހިމެނެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައާއި ރާއްޖޭގެ އަވަށްޓެރި ގައުމުތަކުގައިވެސް މި ބަލި ފެތުރޭ މިންވަރު އިތުރުވަމުންދާ ދުވަސްވަރެއްގައި، ރާއްޖެއިންވެސް މި ބަލި ފެންނަމުންދާތީ ސިއްހީ އިދާރާތަކުން ވަނީ ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ ހިމަބިހީގެ އަލާމާތްތަކަށް އާންމުން ސަމާލުވުން މުހިއްމު ކަމަށެވެ. އެގޮތުން، ހުން އައުމާއެކު ހަށިގަނޑުން ރަތް ބިހިތަކެއް ފެންނަން ފަށައިފިނަމަ، ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް އެ އެޖެންސީން ވަނީ އިރުޝާދު ދީފައެވެ.

ހިމަބިއްސަކީ ވައިގެ ޒަރީއާއިން ވަރަށް ފަސޭހައިން ފެތުރޭ ބައްޔަކަށް ވީއިރު، މި ބަލިން ރައްކާތެރިވުމަށް އޮތް އެންމެ މުހިއްމު ފިޔަވަޅަކީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމެވެ. ރާއްޖެއަކީ 2017 ވަނަ އަހަރު ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) އިން ކަނޑައަޅާފައިވާ ގައުމެކެވެ. ނަމަވެސް ބޭރު ގައުމުތަކުން ބަލި އެތެރެވުމުގެ ފުރުސަތު އޮތުމާއެކު، ދޭތެރެ ދޭތެރެއިން ރާއްޖެއިން މި ބަލީގެ ކޭސްތައް ދަނީ ފެންނަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި