Wednesday, 9 September 2026
Ads by

ބޭންކް އޮފް މޯލްޑިވްސް އާއި މައިންޑްކޯ ގުޅިގެން ބާއްވާ ’ކޮލެބް 26 ހެކަތަން‘ ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ބޭންކް އޮފް މޯލްޑިވްސް އާއި މައިންޑްކޯ ގުޅިގެން ބާއްވާ ’ކޮލެބް 26 ހެކަތަން‘ ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ކޮމްޕެނީ (މައިންޑްކޯ) ގުޅިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ’ކޮލެބް 26 ހެކަތަން‘ ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ހެކަތަންގެ މަގްސަދަކީ މެންޓަރުންގެ އެހީތެރިކަމާއެކު، ޑިޖިޓަލް ޚިޔާލުތައް އަމަލީ މަސައްކަތްތަކަކަށް ބަދަލުކޮށް، ޕްރޮޓޯޓައިޕްތަކެއް އުފެއްދުމެވެ.

Ad Image
Ads by

މި ހެކަތަން ކުރިއަށްދާނީ މި ދެ މުއައްސަސާ ގުޅިގެން އަލަށް އުފެއްދި ’ނޭޝަނަލް އޭއައި އެންޑް ޑޭޓާ ކޮމްޕިޓެންސީ ސެންޓަރު‘ ގެ ދަށުންނެވެ. މިއީ ’ކޮލެބް 26‘ ކޮންފަރެންސްގެ ފުރަތަމަ ދެ ދުވަހުގެ ނަތީޖާގެ މައްޗަށް ބިނާކޮށް ކުރިއަށްގެންދާ ހަރަކާތެކެވެ. ބައިވެރިން ޓީމުތަކަށް ބެހިގެން، ކަނޑައެޅިފައިވާ ދެ ދާއިރާއަކުން (ޓްރެކް) އަމަލީ ގޮތުން ބޭނުންކުރެވޭނެ ފަދަ ސޮލިއުޝަންތަކެއް ތަރައްގީކުރާނެއެވެ.

ޓްރެކް 1:

ސަރުކާރުގެ މަސައްކަތްތަކަށް އޭއައި ބޭނުންކުރުން – މި ދާއިރާގެ ދަށުން ޓީމުތަކުން މަސައްކަތް ކުރާނީ ތައުލީމީ، ސިއްހީ، އިޖުތިމާއީ ރައްކާތެރިކަން، ދައުލަތުގެ މާލިއްޔާ، ތިމާވެށި އަދި ފަތުރުވެރިކަމުގެ ދާއިރާއިން ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށެވެ. އަމާޒަކީ އޭއައި ބޭނުންކޮށްގެން ޚިދުމަތްތައް އަވަސްކުރުމާއި، ހިންގުން ހަރުދަނާކުރުމުގެ އިތުރުން، މައުލޫމާތުގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމުމަށް އެހީތެރިވެދޭނެ ވަސީލަތްތައް އުފެއްދުމެވެ.

ޓްރެކް 2:

ސްވައިޕް އޭޕީއައި މެދުވެރިކޮށް ފިންޓެކް އީޖާދުތައް – ބީއެމްއެލްއާ ގުޅިގެން ކުރިއަށްގެންދާ މި ދާއިރާގައި، ބައިވެރިންނަށް ’ސްވައިޕް އޭޕީއައި‘ ބޭނުންކޮށްގެން އައު ޖީލުގެ މާލީ އެޕްލިކޭޝަންތައް ފަރުމާކުރުމުގެ ފުރުސަތު ލިބޭނެއެވެ. މި ޓްރެކްގެ މައިގަނޑު އަމާޒަކީ ޑިޖިޓަލް ޕޭމަންޓްތައް އަވަސްކުރުމާއި، މާލީ ޚިދުމަތްތައް އެންމެންނަށް ފަސޭހައިން ލިބޭނެ ގޮތް ހެދުމެވެ.

މި ހެކަތަންއަކީ މައިންޑްކޯ އާއި ބޭންކް އޮފް މޯލްޑިވްސްއާ ދެމެދު ސޮއިކުރެވުނު އެމްއޯޔޫގެ ދަށުން އުފެއްދި ނޭޝަނަލް އޭއައި އެންޑް ޑޭޓާ ކޮމްޕިޓެންސީ ސެންޓަރުގެ މައިގަނޑު އެއް ހަރަކާތެވެ. މިއީ ’މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޯމޭޝަން‘ އެޖެންޑާގެ ދަށުން ކުރިއަށްގެންދާ ގައުމީ ފެންވަރުގެ މަޝްރޫއެކެވެ.

ރާއްޖޭގެ ޑިޖިޓަލް މުސްތަގުބަލު ބައްޓަންކުރުމަށް ޝައުގުވެރިވާ ޑިވެލޮޕަރުން، ޑޭޓާ ސައިންޓިސްޓުން، އެކި ދާއިރާތަކުގެ ތަޖުރިބާކާރުން، ދަރިވަރުން އަދި ވިޔަފާރިވެރިންނަށް ’ކޮލެބް 26‘ ގެ ރަސްމީ ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ. ރަޖިސްޓްރީވާ ފަރާތްތަކަށް ހެކަތަންގެ އިތުރު ތަފްސީލާއި މެންޓަރުންގެ މައުލޫމާތު ހިއްސާކުރެވޭނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި