Ads by
ޚަބަރު
އިލްޔާސް ދާނީ ހަތަރު ވަނައަށް, އެމްޑީޕީއާ އަލުން ގުޅިވަޑައިގަންނަވާ: ފައްޔާޒު

ދަ ޑިމޮކްރެޓްސް އިން މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އިލްޔާސް ލަބީބަށް ލިބޭނީ ހަތަރު ވަނަ ކަމަށާއި، އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމަށް، އެ ޕާޓީގެ ޗެއަޕާސަން ފައްޔާޒް އިސްމާއިލް ޑިމޮކްރެޓްސް މެމްބަރުންނަށް ދައުވަތު ދެއްވައިފިއެވެ.

Ads by Eki Online

ކާނިވަލުގައި ރޭ ބޭއްވި “އުފާވެރި މާލެ” ޖަލްސާގައި ފައްޔާޒް ވިދާޅުވީ އޭނާ އަކީ މާ ބޮޑަށް ރުޅި އަންނަ މީހެއް ނޫން ކަމަށާއި، އެހެންނަމަވެސް ކަންތައްތައް ވަމުން ދާ ގޮތުން “ރުޅި ވެސް އެބަ އަންނަ” ކަމަށެވެ.

“ރުޅި އަންނަނީ އަޅުގަނޑުމެން މި ކުރި މަސައްކަތް އަޅުގަނޑުމެންގެ ދަރިންނާ ހިސާބަށް ދިޔަ ނުދޭން، އަޅުގަނޑުމެންގެ ތެރެއިން ބަޔަކު ނުކުމެ މަސައްކަތްކުރާތީ،”

ފައްޔާޒު ވިދާޅުވީ އެމްޑީޕީގައި މަސައްކަތްކުރެއްވުމަށް ފަހު އެ ޕާޓީން ވަކިވެވަޑައިގެންނެވި ބަޔަކު، ރާއްޖެގައި ކުރިން އޮތް އަނިޔާވެރިކަމަށް އަނބުރާ ގެންދަން މަސައްކަތް ކުރަމުންގެއްދާ ކަމަށާއި، އެއީ “އަމިއްލަ އެދުމުން ފުރިގެން” ތިބެ ކުރާ މަސައްކަތެއްް ކަމަށެވެ.

އެމްޑީޕީން ވަކިވެވަޑައިގެންނެވި އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިޝާރާތްކުރައްވައި ފައްޔާޒު ވިދާޅުވީ، ދެވަނަ ފަހަރަށް ވެރިކަމަށް ކުރިމަތިލުމުގެ ފުރުސަތު ލިބިވަޑައިނުގަތުމަކީ ނުވަތަ ބޭނުންވާ މިންވަރަށް ސަރުކާރުގައި ބައިވެރިވެވަޑައިގަންނަވަން ފުރުސަތު ނެތުމަކީ ދެން ތިބި ރައްޔިތުންނަށް އޭގެ “ހަސްކާ ދޭން ޖެހޭ ކަމެއް ނޫން” ކަމަށެވެ.

ފައްޔާޒު ވިދާޅުވީ ވާދަވެރިން ބޮޑު ތަނުން ބަލިވެގެންދާ ތަން، ރޭގެ ޖަލްސާގެ އަދަދުތައް ހިސާބުކޮށްލުމުން ވެސް ފެނިގެންދާކަމަށާއި އެކަމާ ކުޑަކޮށް ދެރަވާ ކަމަށް ވެސް ވިދާޅުވިއެވެ.

މިފަހަރުގެ އިންތިހާބުގެ ވޯޓުން ނަތީޖާ ނުކުންނާނެ ގޮތުގެ ހިސާބުތަކާ ހަވާލުވެގެން ހުންނެވި ބޭފުޅެއްގެ ހައިސިއްޔަތުން، %56އަށް ވުރެ އެންމެ ވޯޓެއް ވެސް މަދު ނުވާނެ ކަމުގެ ޔަގީންކަން ދެއްވަން ކެރިވަޑައިގަންނަވާ ކަމަށާއި، އަދި ރައީސް ޞާލިޙްގެ ރޭގެ ޖަލްސާގައި ވިދާޅުވި ގޮތަށް، ވޯޓުލުމާ މެދު އިތުރުވާ ކޮންމެ ދުވަހަކީ އެ %56 އިތުރުވާނެ ދުވަސްތަކެއް ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *