Wednesday, 17 June 2026
Ads by

ޢީދު ޗުއްޓީއަށް މެއި 24 އަދި 25 ވެސް ސަރުކާރު ބަންދު

ޢީދު ޗުއްޓީއަށް މެއި 24 އަދި 25 ވެސް ސަރުކާރު ބަންދު

މިއަހަރުގެ އަޟްޙާ ޢީދުގެ ބަންދާ ގުޅިގެން، ކުރިއަށް އޮތް 2026 މޭ 24 ވާ އާދިއްތަ ދުވަހާއި 2026 މޭ 25 ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.

Ad Image
Ads by

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ބަޔާނެއްގައި ވާގޮތުން، މި ދެ ދުވަސް ބަންދު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ ޢީދު ބަންދާ ގުޅިގެން މުވައްޒަފުންނަށް އެމީހުންގެ ޢާއިލާތަކާއެކު ވީހާވެސް ގިނަ ވަގުތު ހޭދަކުރުމުގެ ފުރުޞަތު ފަހިކޮށްދެއްވުމަށެވެ. އަދި މިގޮތަށް ހަމަޖެއްސެވުމުން ޢީދު ބަންދުގެ ދުވަސްތައް މެދުނުކެނޑި މުވައްޒަފުންނަށް ލިބިގެންދާނެ ކަމަށްވެސް އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ޗީފް އޮފް ސްޓާފް ޢަބްދުﷲ ފަޔާޟް ސޮއިކުރައްވައި ނެރުއްވި މި ބަޔާނުގައިވާ ގޮތުން، ޢީދު ބަންދަށްފަހު ސަރުކާރުގެ އޮފީސްތައް އަލުން ހުޅުވޭނީ މިހާރުވެސް ކަލަންޑަރުގައިވާ ގޮތުގެ މަތިން 2026 މޭ 31 ވާ އާދިއްތަ ދުވަހުއެވެ.

މި ނިންމެވުމާއެކު، ސަރުކާރުގެ މުވައްޒަފުންނަށް މި އަހަރުގެ އަޟްޙާ ޢީދުގެ ބަންދުގައި ދިގު ޗުއްޓީއެއް ލިބިގެންދާނެއެވެ. މިއީ ދިވެހިންގެ މެދުގައި އޮންނަ ޢާއިލީ ގުޅުން ބަދަހިކުރުމަށާއި، ދީނީ އަދި ޤައުމީ މުނާސަބަތުތައް ފާހަގަކުރުމަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަން ހާމަވެގެންދާ ކަމެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
muhtho
މޭޔަރު އާޒިމާއެކު ދެން މުއާމަލާތް ކުރާނީ ހަމައެކަނި ލިޔުމުން: މުއްތަލިބު
Customs building 2
ޗިޕްސް ދަޅުތަކާއި ޗޮކްލެޓް ޕައުޑަރު ފޮށިތަކުގައި ފޮރުވައިގެން އެތެރެކުރި 1،000 އަށްވުރެ ގިނަ ވޭޕް ކާޓްރިޖް އަތުލައިގަނެފި
masdhalhu mifco
މޭ މަހު ރާއްޖެއިން އެކްސްޕޯޓްކުރި ދަޅުމަހުގެ އަގު 38 މިލިއަން ރުފިޔާއަށް އަރައިފި
BML FVM
ފުވައްމުލަކު އެއާޕޯޓް ސަރަހައްދުގައި ބީއެމްއެލްގެ އައު އޭޓީއެމް ސެންޓަރެއް ހުޅުވައިފި
Ads by
މަގުބޫލު
IRan coach
މިއީ ވޯލްޑް ކަޕް ތާރީޚުގައިވެސް ޓީމަކަށް އެންމެ އިހާނެތިކޮށް ކަންތައް ކުރާ ފަހަރު: އިރާންގެ ކޯޗު
20260613_230023
ނުނިވޭނެ ނޫރު: މުޙައްމަދު ޢަލީގެ ވަރުގަދަ އިމްތިޙާނުން ހަނދުމަކޮށްދިން ޞަޙާބީންގެ މަތިވެރި ނަމޫނާ
zaya
އަހަރެން މިހުރީ ސިންގަލް ކޮށް، ބޭނުމީ "ކަޅު ދިގު" ފިރިހެނެއް: ޒާޔާ
20260614_010354
އިންޑިއާ ފަޅުވެރީން މަރާލި މައްސަލާގައި ޝަކުވާކުރުމުން އެމެރިކާއިން އިންޑިއާ ފުކަކަށް ހަދާލައިފި