ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސްގެ މަގާމުން އަހުމަދު ނާޒިމް ވަކިކުރުމުގެ މަސައްކަތް ފަށައި، އެ މައްސަލަ މަޖިލިހަށް ހުށަހެޅުމަށް ސޮއިވެސް ހަމަކޮށްފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތުގައި ނާޒިމް، މަޖިލިހުގެ ނައިބު ރައީސް ކަމުން ވަކިކުރުމަށާއި އެކަމާ ގުޅޭ މައްސަލަ މަޖިލިހަށް ވެއްދުމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ވަނީ ފާސްކޮށްފައެވެ.
އެނގިގައިވާ ގޮތުގައި ނައިބު ރައީސްކަމުން ނާޒިމް ވަކުކުރަން ވަނީ 40 އަށް ވުރެ ގިނަ މެންބަރުންގެ ސޮއި ހަމަކޮށްފައެވެ.
މަޖިލިހުގެ ގަވާއިދުގައި އޮތް ގޮތުން މަޖިލިހުގެ ނައިބު ރައީސް މަގާމުން ވަކިކުރެވޭނީ މަދުވެގެން ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން މެމްބަރުންގެ ސޮޔާއެކު ހުށަހަޅާ ގަރާރަކުންނެވެ. އެއީ މަދުވެގެން 24 މެމްބަރުންނެވެ.
ނާޒިމް މިއަދު ވަނީ ޕީއެންސީގެ މަޖިލިސް މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕުންވެސް ބޭރުކޮށްލާފައެވެ.













