Thursday, 16 January 2025
Ads by

ބޭނުމީ އަލަށް އާބާދުކުރާ ސަރަޙައްދަށް ފެނާއި ނަރުދަމާގެ ޚިދުމަތް ލިބޭނެ ގޮތް: ކަނޑިތީމު ކައުންސިލް

ބޭނުމީ އަލަށް އާބާދުކުރާ ސަރަޙައްދަށް ފެނާއި ނަރުދަމާގެ ޚިދުމަތް ލިބޭނެ ގޮތް: ކަނޑިތީމު ކައުންސިލް

ރައީސް މުޢިއްޒު ކަނޑިތީމު ކައުންސިލާއި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވުން - ފޮޓޯ:ރައީސް އޮފީސް

ބޭނުން ވަނީ އަލަށް އާބާދުކުރާ ސަރަޙައްދަށް ފެނާއި ނަރުދަމާގެ ޚިދުމަތް ލިބޭނެ ގޮތް ކަމަށް މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލުން ހާމަކުރައްވައިފިއެވެ.

Ad Image
Ads by MN Maldives

ކަނޑިތީމު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ އެކު އަންގާރަ ދުވަހުގެ ހެނދުނު އެ ރަށު ކައުންސިލް އިދާރާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭއްވެވި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަން ހިއްސާކުރައްވާފައެވެ. އެގޮތުން ޞިއްޙީ ދާއިރާ އިތުރަށް ތަރައްޤީ ކުރުމަށް ބޭނުންވާކަމާއި ސްކޫލުގައި ކްލާސްރޫމު އިތުރުކޮށްދެއްވުމަށާއި އަލަށް އާބާދުކުރާ ސަރަޙައްދުގައި ފެނާއި ނަރުދަމާގެ ޚިދުމަތް ލިބިގެންދާނެ ގޮތް ހައްދަވައިދެއްވުމަށް ކައުންސިލުގެ ފަރާތުން އެދިވަޑައިގެންނެވިއެވެ. އަދި ރަށުގެ ބަނދަރު މަރާމާތު ކުރުމަށް ބޭނުންވާ ކަމަށާއި ޒަމާނީ ފެންވަރަށް މަގު ހެދުމާއި ރަށުގެ ގިރާ ސަރަޙައްދު ހިމާޔަތްކޮށްދެއްވުމަށް ވެސް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން ވިޔަފާރި އާއި ފަތުރުވެރިކަމުގެ ސިނާއަތް ފުޅާކުރުމަށް ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ކަނޑިތީމުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ އެ ކޮމިޓީގެ މަސައްކަތްތަކަކީ ވަޒީފާއެއްގެ ގޮތުގައި ބަދަލުކޮށްދެއްވައި، އިނާޔަތްތައް ލިބޭނެ ގޮތް ހައްދަވައިދެއްވުމަށް އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވައި، އެ ކަންކަން ކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
371525_e3caafb0-1_
ތިން ވަޒީރުންނަށް ރުހުން ހޯދަން ކޮމިޓީއަށް
police_shaheedhhussainadam_gaumeedhidha_flag_jumhooree
ސްކޫލު ދަރިވަރަކު ރަހީނުކޮށް ބްލެކްމެއިލް ކުރި މައްސަލަ ބަލަނީ
aasaharaa
މަރާމާތުތަކަށްފަހު އާސަހަރާ ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށް
MPL-northharbour2
އެމްޕީއެލް އިން ހުޅުމާލޭގައި 10 ބުރީގެ އިމާރާތެއް އަޅަނީ
Ads by
މަގުބޫލު
hjb-1
މިމަހު މީޑިއާނެޓަށް "ފުރޭތަ" އަރަނީ
police_shaheedhhussainadam_gaumeedhidha_flag_jumhooree
ސްކޫލު ދަރިވަރަކު ރަހީނުކޮށް ބްލެކްމެއިލް ކުރި މައްސަލަ ބަލަނީ
WhatsApp-Image-2024-03-31-at-11.42
އެމް-ފައިސާ މެދުވެރިކޮށް ދުނިޔޭގެ އެކި ހިސާބުތަކަށް ފައިސާ ފޮނުވޭ ގޮތް ހަދައިފި
islamic_ministry_fageerun-1
ފަގީރުންގެ ދަފުތަރުގައި ރަޖިސްޓްރީވުމަށް އަންނަ އާދިއްތަ ދުވަހު ހުޅުވާލަނީ
hjb-1
މިމަހު މީޑިއާނެޓަށް "ފުރޭތަ" އަރަނީ
police_shaheedhhussainadam_gaumeedhidha_flag_jumhooree
ސްކޫލު ދަރިވަރަކު ރަހީނުކޮށް ބްލެކްމެއިލް ކުރި މައްސަލަ ބަލަނީ
WhatsApp-Image-2024-03-31-at-11.42
އެމް-ފައިސާ މެދުވެރިކޮށް ދުނިޔޭގެ އެކި ހިސާބުތަކަށް ފައިސާ ފޮނުވޭ ގޮތް ހަދައިފި
islamic_ministry_fageerun-1
ފަގީރުންގެ ދަފުތަރުގައި ރަޖިސްޓްރީވުމަށް އަންނަ އާދިއްތަ ދުވަހު ހުޅުވާލަނީ