Ads by
ޚަބަރު
އިންތިހާބަށް ކުރިމަތިލީ މަޖުބޫރު ހާލަތެއްގައި ކަމަށް ޤާސިމް ވިދާޅުވި: ރައީސް ޞާލިޙް
ފޮޓޯ: މީސް މީޑިޔާ

މި މަހު 9 ގައި އޮއްނަ ރިޔާސީ އިންތިހާބަށް ކުރިމަތިލީ މަޖުބޫރު ހާލަތެއްގައި ކަމަށް, ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވި ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

Ads by Eki Online

މިއަދު ރާއްޖެޓީވީގެ “ފަށާއިރު” ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ ކޯލިޝަން ހަދަން ގާސިމާއެކު އެއްބަސް ނުވެވެންވީ މާ ބޮޑެތި ސަބަބުތަކެއް ނެތް ކަމަށެވެ. ރައީސް ޞާލިޙް ވިދާޅުވީ ގާސިމް ކައިރީގައި ތިއްބެވި ބައެއް ބޭފުޅުންގެ ޚިޔާލު އެކަމާ ތަފާތުކަމަށް ޤާސިމް ވިދާޅުވި ކަމަށެވެ.

“އަބަދުވެސް ގާސިމް ވިދާޅުވީ ތިމަންނަ މިހިރީ އެކަން ކުރަން ތައްޔާރަށޭ. ތިމަންނަ ދެކޭ ގޮތުގައި، ގައުމަށް އެންމެ ރަނގަޅު ކަމަށް ތިމަންނައަށް ފެންނަނީ ވެސް އަދި އަޅުގަނޑުމެން އެކީގައި ކުރިއަށް ދިއުމޭ ނަމަވެސް ކައިރީގައި ތިއްބެވި ލަފާ ގާސިމަށް ދެއްވާ ބައެއް ބޭފުޅުންގެ ވިސްނުން އޭގެތެރޭގައި ތަފާތު ވާހަކަ ވިދާޅުވި. އެހެންވިމާ، މަޖުބޫރީ ހާލަތެއްގައޭ ތިމަންނަ މި ކުރިމަތިލަނީ. އެއީ ގާސިމް ވިދާޅުވާ ވާހަކައަކީ” އެމަނިކުފާނު ވިދާޅުވިއެވެ.

މި އަހަރުގެ އިންތިހާބުގައި ޖޭޕީން ގާސިމް ނިކުންނަން ނިންމީ ޖޭޕީގެ ކައުންސިލުން އެގޮތައް ނިންމުމުންނެވެ. އެއަށްފަހު ކޯލިޝަން ހެދުމަށް އެކި ޕާޓީތަކާއި އެކު ގިނަ މަޝްވަރާތަކެއް ކުރިއެވެ. މަޝްވަރާތަކަށްފަހުވެސް އެއްވެސް ޕާޓީ އަކާއެކު ކޯލިޝަން ހަދަން އެއްބަސްވުމަކާއި ހަމަށް ދެވޭގޮތްވަނީ ނުވެފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *