Saturday, 24 October 2026
Ads by

މިހާތަނަށް 561 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފިން: ފިޝަރީޒް މިނިސްޓްރީ

މިހާތަނަށް 561 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފިން: ފިޝަރީޒް މިނިސްޓްރީ

ފިޝަރީޒް މިނިސްޓަރު ޝިޔާމް، މަސްވެރިންނާ ބައްދަލުކުރައްވަނީ - ފޮޓޯ:ފިޝަރީޒް މިނިސްޓްރީ

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިހާތަނަށް 561 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.

Ad Image
Ads by

މަސްވެރިންނަށް ދޫކުރަމުން އަންނަ ފައިސާގެ ތެރެއިން މިދިޔަ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ހުރި ބިލުތަކުގެ ފައިސާ އިއްޔެގެ ނިޔަލަށް ދައްކާ ނިންމާނެ ކަމަށް ބުނެ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން އެކްސްގައި ކުރި ޕޯސްޓަކާ ގުޅިގެން ފިޝަރީޒް މިނިސްޓްރީން ބުނީ ރައީސް ގެންދަވަނީ މަސްވެރިންނަށް ދޭން ޖެހި، ނުދެވިވާ ފައިސާ ދެއްކުމަށް ކަމާ ގުޅޭ އިދާރާތައް މެދުވެރިކޮށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ކަމަށެވެ.

އިއްޔެ މިފްކޯއިން ޖަމާކުރި 35 މިލިއަން ރުފިޔާ އާއެކު، ސަރުކާރުން މަސްވެރިންނަށް ވަޢުދުވެފައިވާ ގޮތުގެ މަތިން މިދިޔަ ބުދަ ދުވަހުން ފެށިގެން ހޯމަ ދުވަސް ހިމެނޭހެން ޖުމްލަ 105 މިލިއަން ރުފިޔާ މަސްވެރިންނަށް ޖަމާކޮށްދީފައިވާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. އެ މިނިސްޓްރީން ބުނެފައި ވަނީ އިއްޔެ ދޫކުރި 35 މިލިއަން ރުފިޔާ ހިމަނައިގެން، މިދިޔަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން ޖުމްލަ 561 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށެވެ. މި ފައިސާގެ ތެރޭގައި ތެލަށާއި އައިހަށް ދޫކޮށްފައިވާ ފައިސާ ވެސް ހިމެނޭ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނި ގޮތުގައި ބެކްލޮގްގައި ހުރި ފައިސާ މަސްވެރިންނަށް ދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމުގައެވެ.

މަސްވެރިންނަށް ނުދެވި ހުރި ފައިސާ އަންނަ މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން ދައްކާ ނިންމާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަޙުމަދު ޝިޔާމް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. މިނިސްޓަރު ވިދާޅުވެފައި ވަނީ ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކާ އެކު ވެސް، ރޯދަ މަހުގެ ކުރިން މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ދީ ނިންމާނެ ކަަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި