Wednesday, 9 September 2026
Ads by

ޒާތީނުވެ، ދޮގު ނަހަދާ ވެސް ސަރުކާރަށް ފާޑުކިޔާ ޒިންމާދާރު ކުރެވޭނެ: ހީނާ

ޒާތީނުވެ، ދޮގު ނަހަދާ ވެސް ސަރުކާރަށް ފާޑުކިޔާ ޒިންމާދާރު ކުރެވޭނެ: ހީނާ

ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު---

ޒާތީނުވެ، ދޮގު ނަހަދާ ވެސް ސަރުކާރަށް ފާޑުކިޔާ ޒިންމާދާރު ކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކުރީގެ ތަރުޖަމާނު އަދި މިހާރުގެ ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

”އަދަދު“ ނޫހުން ނެރެފައިވާ ޑޮކިއުމަންޓްރީއާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ނުދެއްކުމަށާއި، އެ ޑޮކިއުމަންޓްރީ ދައުރު ނުކުރުމަށް ކްރިމިނަލް ކޯޓުން އަމުރެއް ނެރެފައި އޮއްވާ، ހޯމަ ދުވަހު ނޫސްވެރިންނާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭއްވެވި ބައްދަލުވުމެއްގައި އެ ނޫހުގެ ނޫސްވެރިއެއް ކަމަށްވާ ޝަހުޒާން ވަނީ ކޯޓުން ނެރެފައިވާ އަމުރާ ހިލާފުވެ، އެ ޑޮކިއުމަންޓްރީގައި ހިމެނޭ ކަންކަމާ ގުޅޭގޮތުން ރައީސްއާ ސުވާލުކޮށްފައެވެ.

ކޯޓު އަމުރާ ހިލާފަށް އަމަލުކޮށްފައިވާތީ ޝަހުޒާން ވަނީ 15 ދުވަހުގެ މުއްދަތަކަށް ބަންދުކޮށްފައެވެ.

މި މައްސަލައާ ގުޅިގެން މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ހީނާ ވިދާޅުވީ، ރާއްޖޭގައި އުޅެނީ ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިވެގެން ނުވަތަ ނިގުޅައިގަނެގެނެއްނޫން ކަމަށެވެ. ނަމަވެސް މި ހައްގުތައް އޭގެ އެއްވެސް ހައްދެއް އިމެއްނެތި ތަންމިނަށް ހުޅުވާލުމުން، އެ މިނިވަންކަމުގެ ނާޖާއިޒް ފައިދާ ނަގައިގެން ރައީސަށް ޤަޛްފު ކޮށްފައިވާކަން ހީނާ ވަނީ ފާހަގަކުރައްވައިފައެވެ.

ރައީސްއާ ސުވާލުކުރާ ހުރިހާ ނޫސްވެރިން ފުލުހަށް ނުވަތަ ކޯޓަކަށް ނުވަތަ ޖަލަކަށް ވެސް ނުގެންދާކަން ފާހަގަކުރައްވަމުން ހީނާ ވިދާޅުވީ، ނުގެންދޭ. ނޫސްވެރިން ބޭނުން ސުވާލެއް ކުރުމުގެ ފުރުސަތު އަބަދުވެސް ލިބިދީފައިވާ ކަމަށެވެ. ނަމަވެސް ދިވެހިރާއްޖޭގެ ދުސްތޫރީ ކޯޓަކުން ގެގް އޯޑަރެއް ނެރެފައި އޮތުމުން އެއަށް އަމަލުނުކޮށް، ހިތު ހުރިގޮތަކަށް އެ އަމުރާ ހިލާފުވާން ފުރުސަތުދިނުމުގެ އިހުތިޔާރެއް ހުދު ރައީސަށް ވެސް ލިބިވަޑައިނުގަންނަވާ ކަމަށް ހީނާ ވިދާޅުވިއެވެ.

”މި ގައުމުގައި ސިޔާސީ މީހުންގެ އަބުރަށް އަރައިގަތުމާ މީހުންގެ ބޮލުގައި ދޮގު އިލްޒާމް އަޅުވައިގެން އެކަމުން ސިޔާސީ ނަފާ ހޯދުމަށްޓަކައި ގާނޫނުއަސާސީން ލިބިދީފައިވާ މިނިވަންކަން ނާޖާއިޒު ގޮތުގައި ބޭނުން ކުރުންދަނީ ރޯވަމުންދާ އަލިފާން ގަނޑެއްފަދައިން ފެތުރެމުން،“ – ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ، ރާއްޖޭގައި ހެދިފައިވާ ގާނޫނުތައް ތަންފީޒު ކުރެވޭނެ ކަމަށާއި ގާނޫނުތަކާ ހިލާފުވުމުން ފިޔަވަޅު ވެސް އަޅާނެ ކަމަށެވެ. ގާނޫނު ތަންފީޒުކުރުމަކީ ހުރިހާ ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކުރުމަށްް އެޅޭ މުހިއްމު ފިޔަވަޅެއްކަން ފާހަގަކުރައްވަމުން ހީނާ އިތުރަށް ވިދާޅުވީ، ޒާތީނުވެ، ދޮގު ނަހަދާ އަދި އަބުރާ ނުބެހި ވެސް ސަރުކާރަށް ފާޑުކިޔާ ޒިންމާދާރު ކުރެވޭނެ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Aaidha
ބައިނަލްއަގުވާމީ ބީޗް ވޮލީ މެޗެއްގައި އިންސާފުކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީގެ ޝަރަފު އާއިދާއަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު