Saturday, 24 October 2026
Ads by

އެމްޑީޕީގެ ފަރާތުން މަޖިލީހަށް ހޮވިއްޖެނަމަ ޕާޓީ ބަދަލު ނުކުރަން ހުވާކޮށްފި

އެމްޑީޕީގެ ފަރާތުން މަޖިލީހަށް ހޮވިއްޖެނަމަ ޕާޓީ ބަދަލު ނުކުރަން ހުވާކޮށްފި

އެމްޑީޕީގެ ޓިކެޓުގައި ވާދަކޮށް، މަޖިލީހަށް ހޮވުމުން ޕާޓީ ބަދަލު ނުކުރުމަށް އެ ޕާޓީގެ ކެންޑިޑޭޓުން ހުވާކުރަނީ - ފޮޓޯ:އެމްޑީޕީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އިދިކޮޅު މައި ޕާޓީ ކަމަށްވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން، މަޖިލީހަށް ހޮވުމުން ޕާޓީ ބަދަލު ނުކުރާނެ ކަމަށް ހުވާކޮށްފިއެވެ.

Ad Image
Ads by

އެމްޑީޕީގެ ޓިކެޓުގައި ވާދަކޮށް، މަޖިލީހަށް ހޮވުމުން ޕާޓީ ބަދަލު ނުކުރުމަށް އެ ޕާޓީގެ ކެންޑިޑޭޓުން ހުވާކޮށްފައި ވަނީ ހޯމަ ދުވަހުގެ ރޭ ބޭއްވި ”މިސްރާބު ހަމަ މަގަށް“ ޖަލްސާގައެވެ. އެމްޑީޕީގެ ފަރާތުން މަޖިލީހުގެ ކެމްޕެއިން ފެށުމަށް އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ޕާޓީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ހުވާލައިދީފައި ވަނީ އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލެވެ.

ކެންޑިޑޭޓުން ކުރި އެ ހުވާގައި ބުނީ ގޮނޑި ކާމިޔާބު ކުރެވިއްޖެނަމަ މަޖިލީހުގެ ދައުރުގެ މުއްދަތުގައި އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުރުމަށާއި އެ ޕާޓީގެ އަސާސީ ގަވާއިދާއި ޕާޓީގެ އުސޫލުތަކާއި ނިންމުންތަކާއި ޕާލަމެންޓްރީ ގްރޫޕުގެ ހިންގާ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް އިޤުރާރުވެ، މާތް ﷲ ގަންދީ ހުވާކުރާ ކަމަށެވެ.

އެމްޑީޕީގެ ފަރާތުން މަޖިލިސް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން، މަޖިލީހަށް ހޮވުމުން ޕާޓީ ބަދަލު ނުކުރާނެ ކަމަށް ހުވާކުރުވިއިރު، އިންތިޚާބުވުމަށް ފަހު މެންބަރުކަމުގެ ދައުރުގެ ތެރޭގައި ޕާޓީ ބަދަލު ކުރުމަކީ އާންމުކޮށް ކުރަމުން އަންނަ ކަމެކެވެ. އެގޮތުން އެމްޑީޕީގައި ތިއްބެވި 13 މެންބަރަކު މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު ވަނީ ސަރުކާރު ހިންގަމުން އަންނަ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ސޮއިކުރައްވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި