Saturday, 24 October 2026
Ads by

ކޯޓު އަމުރާ ހިލާފުވެ ކޯޓުގެ ހުރުމަތް ކެނޑުމުން، އަދަދުގެ ޝަހުޒާން އަދި ލީވާން ޖަލަށް!

ކޯޓު އަމުރާ ހިލާފުވެ ކޯޓުގެ ހުރުމަތް ކެނޑުމުން، އަދަދުގެ ޝަހުޒާން އަދި ލީވާން ޖަލަށް!

”އަދަދު“ ނޫހުން އާންމުކުރި ’ޤަޛްފް‘ ވީޑިއޯ ޑޮކިއުމެންޓްރީއަކާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރަކަށް ނުކިޔަމަންތެރިވި މައްސަލާގައި، އެ ނޫހުގެ ދެ ނޫސްވެރިއަކު ޖަލަށްލުމަށް މިއަދު ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

Ad Image
Ads by

މި މައްސަލާގައި ޖަލަށްލުމަށް ހުކުމްކޮށްފައިވަނީ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން އާއި ނޫސްވެރިޔާ ލީވާން އަލީ ނާސިރުގެ މައްޗަށެވެ. ކޯޓުން އިއްވި ހުކުމުގައިވާ ގޮތުން، މުހައްމަދު ޝަހުޒާން 15 ދުވަހަށް ޖަލަށްލުމަށް ނިންމާފައިވާއިރު، ލީވާން އަލީ ނާސިރު 10 ދުވަހަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ.

މި ދެ ނޫސްވެރިންގެ މައްޗަށް މި ހުކުމް އައީ، ”އަދަދު“ ނޫހުން ތައްޔާރުކޮށް އާންމުކުރި ’އައިޝާ‘ (ޤަޛްފް) ވީޑިއޯ ޑޮކިއުމެންޓްރީއަކާ ގުޅިގެން، އެ ކޮންޓެންޓް ވަގުތުން ނެގުމަށް އަންގައި ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް އަމަލުކޮށްފައި ނުވާތީއެވެ. ކޯޓުގެ އަމުރާ ހިލާފުވުމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބަލައި، ޝަރުއީ ނިޒާމުގެ އިތުބާރު ދެމެހެއްޓުމަށްޓަކައި މި ފިޔަވަޅު އަޅަންޖެހުނު ކަމަށް ކޯޓުން ފާހަގަކުރެއެވެ.

މި މައްސަލައާ ގުޅިގެން ކޯޓުން ބުނެފައިވަނީ، ކޯޓު އަމުރަކަށް ނުކިޔަމަންތެރިވުމަކީ ގާނޫނީ ދައުލަތެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، ކޯޓުން ނެރޭ އަމުރުތަކަށް ހުރިހާ ފަރާތްތަކުން ވެސް އިހުތިރާމް ކުރަންޖެހޭނެ ކަމަށެވެ.

’އަދަދު‘ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފުކުރުމުގެ ދައުވާ އުފުލައި، އެ މައްސަލައާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ދެއްކުން މަނާކުރުމުގެ އަމުރެއް ނެރެދޭން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އެދިގެން، ކްރިމިނަލް ކޯޓުން ވަނީ އާއްމުކޮށް އެންމެންގެ މައްޗަށް އެ އަމުރު ނެރެފަ އެވެ.

އެ އަމުރާ ހިލާފުވި ’އަދަދު‘ ނޫހުގެ ދެ ނޫސްވެރިޔެއް މިއަދު ކޯޓަށް ހާޒިރުކުރި އެވެ. އެއީ:

އެ އަމުރު ނެރުނު ކަމުގެ ހަބަރު، އަމުރާ ހިިލާފަށް ލިޔުނު ކަމަށް ބުނެ ލީވާން އަލީ ނާސިރު މިއަދު ހެނދުނު 11 ޖެހިއިރު އަދި ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އަމުރާ ހިލާފަށް ރައީސް މުއިއްޒުއާ ސުވާލުކުރި މުހައްމަދު ޝަހުޒާން މިއަދު މެންދުރުފަހު 1 ޖެހިއިރު..

ޝަހުޒާން ކޯޓަށް ހާޒިރުވީ ވަކީލަކާ ނުލަ އެވެ. އޭނާ އެދުނީ ވަކީލަކު އައްޔަންކުރަން ފުރުސަތު ދޭން 10 ދުވަހުގެ މުއްދަތެއް ދިނުމަށެވެ.

ނަމަވެސް ވަކީލަކު އައްޔަންކުރަން ޝަހުޒާނަށް ދިނީ ދެ ގަޑިއިރުގެ ވަގުތެކެވެ. ދެ ގަޑިއިރު ފަހުން އޭނާ ކޯޓަށް ހާޒިރުވީ ވަކީލަކާ ނުލަ އެވެ. ޝަހުޒާން ބުނިގޮތުގައި އެ ވަގުތުގެ ތެރޭގައި އޭނާ ތަމްސީލްކޮށްދޭނެ ވަކީލަކު ހަމައެއްނުޖެހުނެވެ. ކޯޓުން ނިންމީ ޝަހުޒާން ކޯޓުގެ ހުރުމަތް ކަނޑާލާފައިވާ ކަމަށެވެ. އޭގެ އަދަބަކަށް 15 ދުވަހަށް ޖަލަށް ލުމަށް ކޯޓުން ހުކުމްކުރި އެވެ. އަދި 25,000ރ. އިން ޖޫރިމަނާ ކުރުމަށް ވެސް ހުކުމްކުރި އެވެ.

މި މައްސަލާގައި ލީވާންއާ މެދު ވެސް ކޯޓުން އަމަލުކުރީ މި ގޮތަށެވެ. އޭނާ ޖަލަށް ލުމަށް ހުކުމްކުރީ 10 ދުވަހަށެވެ.

ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ، މި މައްސަލާގައި ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން އެއްވެސް މީހަކު ’ޤަޛްފް‘ ޑޮކިޔުމެންޓްރީ ދައުރު ނުކުރުމަށާއި، ޑޮކިޔުމެންޓްރީގައި ގެނެސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުދެއްކުމަށާއި، ޑޮކިއުމެންޓްރީއާ ގުޅުވައި މައްސަަލައިގެ ހަސްމަކާ ނުވަތަ ކުށުގެ ޝިކާރައަކަށްވި މީހާގެ އެއްވެސް ވާހަކައެއް ނުދެއްކުމަށެވެ. އަދި މިއީ ކޯޓުގައި ސިއްރުން ކުރިއަށް ގެންދާ މައްސަލަތަކެއް ކަމުން، މައްސަލާގައި ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީއަތާ ގުޅުން ހުރި ވާހަކަތައް ނުފަތުރަންވެސް އަންގާފައިވެއެވެ.

މި މައްސަލާގައި ފިޔާޒާއި ހަސަންގެ މައްޗަށް ދައުވާކުރިއިރު، އެ ދެ މީހުންގެ އިތުރުން ރައީސް އޮފީހުގައި ކުރިން މަސައްކަތްކުރި އީޝާ އަޝްރަފްގެ ބަޔާން ނެގުމަށް ފުލުހަށް ވަނީ ހާޒިރުކޮށްފަ އެވެ. މި މައްސަލާގައި އީޝާގެ މައްޗަށް ވެސް، ގަޒުފު ކުރުމުގެ ތުހުމަތު ފުލުހުން ކުރި ނަމަވެސް އަދި އޭނާގެ މައްޗަށް ދައުވާއެއް ނުކުރެ އެވެ. މި މައްސަލައިގަ ތިން މީހުންގެ ޕާސްޕޯޓް ވެސް ހިފަހައްޓާފައިވެ އެވެ.

މި ހުކުމް އައި އިރު، ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމާއި ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރުމާ ގުޅޭގޮތުން އެކި ފަރާތްތަކުން އަންނަނީ ވާހަކަދައްކަމުންނެވެ. އެހެންނަމަވެސް، ކޯޓުގެ އަމުރަށް ގޮންޖެހުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ގާނޫނުގައި ކަނޑައެޅިފައިވާ ކަމެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި