Thursday, 13 August 2026
Ads by

ރަށު ތަރައްޤީއަށް ބޭނުންވާ ކަންކަން ކުރިނބީ ކައުންސިލުން ރައީސް އާ ހިއްސާކުރައްވައިފި

ރަށު ތަރައްޤީއަށް ބޭނުންވާ ކަންކަން ކުރިނބީ ކައުންސިލުން ރައީސް އާ ހިއްސާކުރައްވައިފި

ރައީސް މުޢިއްޒު ކުރިނބީ ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވުން - ފޮޓޯ:ރައީސް އޮފީސް

ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ ކައުންސިލުން ރަށުގެ ތަރައްޤީއަށް ކުރުމަށް ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާ ހިއްސާކުރައްވައިފިއެވެ.

Ad Image
Ads by

ރައީސް، ކުރިނބީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވާފައި ވަނީ ހޯމަ ދުވަހުގެ ރޭ ހދ. އަތޮޅު ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ރަށުގައި ހުއްޓިފައި ހުރި މަޝްރޫޢުތައް ކުރިއަށް ގެންދެވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ކުނި މެނޭޖްކުރުމަށް ބޭނުންވާ ކަމަށާއި ސްކޫލުގެ މަލްޓިޕަރޕަސް ހޯލެއް ގާއިމުކޮށްދެއްވުމަށާއި 24 ގަޑިއިރު ޚިދުމަތްދޭ ތަނަކަށް ރަށުގެ ޞިއްޙީ މަރުކަޒު ހެދުމަށް ބޭނުންވާ ކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރަށުގައި އާޓިފިޝަލް ބީޗެއް ހައްދަވައިދެއްވުމަށާއި ޕްރީސްކޫލު ހިންގުމަށް ސަރުކާރުން ބަޖެޓެއް ދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ކުރިނބީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ އެ ކަނބަލުން ބޭނުންވާ ހަރަކާތްތައް ނުހިންގެނީ ބަޖެޓުގެ ދަތިކަން ހުރުމުން ކަމުގައި ވިދާޅުވެ، އެކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށް އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
l_2025_08_18_061416_94owecpn3lifkhm7y5xr8dbaz6qtuvjgs21_EN_
އިބޫ ސޯލިހު އަކީ ލަދުހަޔާތެއް ނެތް، ރައްޔިތުންގެ އިހުސާސްތައް ނޭނގޭ ބޭފުޅެއް: ސައިފް
449094-ca0998d1-a-876x584-1
ރައީސް މުޢިއްޒުއާ ބައްދަލުކުރަން އިތުރު 8 ދާއިރާއަކުން ނަން ނޯޓުކުރަން ހުޅުވާލައިފި
20260813_092003
ހޮރްމޫޒް ކަނޑުއޮޅި އޮތީ އެމެރިކާއިން އަޅާފައިވާ "ވައިޓައިނުލެވޭނެ ދަގަނޑު ފާރެއް" ފަދަ ބްލޮކޭޑެއްގެ ކޮންޓްރޯލްގައި، އީރާނުން ހަނގުރާމައިގެ ބަދަލު ދޭންޖެހޭނެ: ޓްރަމްޕު
moosun
މިއަދުވެސް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ: މެޓް
Ads by
މަގުބޫލު
770688466_27000402432966038_4102168319744938549_n
ކުރީގެ ބޮޑުވަޒީރު ފާމުދޭރިކިލެގެފާނުގެ ކާފަދަރިކަނބަލުން ޤުލްފިޝާން އަވަހާރަވެއްޖެ
AB6DE163-F653-4B48-BBD4-7ED2187353D2
ބަލިމީހުންގެ ފުރާނަ ސަލާމަތްކުރަން އުޅުނު ޒުވާން ނަރުސް މިއަދު އަމިއްލަ ފުރާނައަށްޓަކައި އެހީއަކަށް އެދި އާދޭސްކުރަނީ
20260809_104625
ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ޔޫއޭއީގެ ތެޔޮ އުޅަނދަކަށް ޙަމަލާދީ އޮމާނު ކައިރިން ދެވަނަ އުޅަނދަކަށްވެސް ޙަމަލާ އަމާޒުވެއްޖެ!
Screenshot 2026-08-12 at 00.11
އުފަންވިތާ ތިން ދުވަސްވީ ކުއްޖަކު ދައުލަތަށް ނެގީ ގާނޫނީ އިޖުރާއަތްތަކާ އެއްގޮތަށް: މިނިސްޓްރީ