Wednesday, 9 September 2026
Ads by

އިދިކޮޅުން ދޮގާއި ފިތުނަ ކުރިޔަސް، ރައީސް މުޢިއްޒަކީ މީޑިއާއާ ގާތް ބޭފުޅެއް: ޝިޔާމް

އިދިކޮޅުން ދޮގާއި ފިތުނަ ކުރިޔަސް، ރައީސް މުޢިއްޒަކީ މީޑިއާއާ ގާތް ބޭފުޅެއް: ޝިޔާމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ މީޑިއާއާއި ޑިމޮކްރަސީއާ ބީރައްޓެހި ބޭފުޅެއްގެ ގޮތުގައި ސިފަކުރުމަށް ބައެއް ފަރާތްތަކުން ކުރާ މަސައްކަތަކީ، ރައްޔިތުންނަށް އޮޅުވާލުމަށް ހިންގާ ހީލަތްތެރި ފިތުނަވެރި އަމަލެއް ކަމަށް ފިޝަރީޒް މިނިސްޓަރު އަދި ޕީއެންސީގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މިކަމާ ގުޅޭގޮތުން ޝިޔާމް ވިދާޅުވީ، ވާދަވެރި ސިޔާސީ ޕާޓީތަކުންނާއި މި ސަރުކާރާ ދެކޮޅު ބައެއް މީޑިއާތަކުން ރައީސް މުޢިއްޒުގެ އަބުރުފުޅު ކޭލުމަށް މަސައްކަތް ކުރި ނަމަވެސް، އެމަނިކުފާނަކީ ނޫސްވެރިންނާ ވަރަށް ގާތުން މަސައްކަތްޕުޅު ކުރައްވާ ބޭފުޅެއް ކަމަށެވެ. އެގޮތުން، ކޮންމެ ހަފްތާއަކު އެއްދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި، ދައުލަތުގެ ކަންކަމާ ގުޅޭ މަޢުލޫމާތުތައް ރައްޔިތުންނަށް ފޯރުކޮށްދެއްވުމުގައި ރައީސް ނަމޫނާ ދައްކަވަމުންދާކަން ޝިޔާމް ފާހަގަކުރެއްވިއެވެ.

”މިނިވަން ނޫސްވެރިކަމަށް ދޭންޖެހޭ ފުރިހަމަ ޖާގަ މި ސަރުކާރުން އެބަދޭ. އެކަމަކު ނޫސްވެރިކަމުގެ ނަމުގައި މީހުންގެ އަބުރު ނަގާލައި، ޝަރުޢީ ކޯޓުތަކުން ކުރާ އަމުރުތަކަށް ގޮންޖެހުމަކީ ޑިމޮކްރަސީއެއް ނޫން،“ ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަކީ ޤާނޫނުގެ ވެރިކަން ނަގަހައްޓާ ތަނެއް ކަމަށާއި، ކޯޓު އަމުރުތަކަށް ގޮންޖަހައި އަމަލުކުރުމުގެ ފުރުސަތު އެ އޮފީހުގައި އެމަނިކުފާނު ނުދެއްވާނެ ކަމަށެވެ. އަދި ދާދިފަހުން ”އަދަދު“ ނޫހުގެ ނޫސްވެރިޔާގެ ފަރާތުން ފެނިގެންދިޔައީ ނޫސްވެރިކަމުގެ އަޚްލާޤީ ހަމަތަކާ ޚިލާފު، ދަށުދަރަޖައިގެ އަމަލެއް ކަމަށްވެސް އޭނާ ސިފަކުރެއްވިއެވެ.

ބައެއް ނޫސްވެރިން، ރައީސުލްޖުމްހޫރިއްޔާ ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުންތަކަކީ އެއްވެސް ޙަޤީޤަތެއް ނެތް ކަންކަމުގެ މައްޗަށް ބިނާކޮށް ޒާތީގޮތުން ފުރައްސާރަކުރަން ލިބޭ ފުރުސަތެއްގެ ގޮތުގައި ދެކޭކަމީ ހިތާމަހުރި ކަމެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ. މިފަދަ ޒިންމާދާރުކަން ކުޑަ އަމަލުތަކުގެ ސަބަބުން، ހަމަާއި އުސޫލުގެ މަތިން މަސައްކަތްކުރާ ޒިންމާދާރު ނޫސްވެރިންގެ މަސައްކަތަށްވެސް ހުރަސް އެޅޭކަން އޭނާ ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ޝިޔާމްގެ ވާހަކަ ނިންމާލައްވަމުން ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަބަދުވެސް ޒިންމާދާރު ނޫސްވެރިކަމަށް މަރުޙަބާ ކިޔާނެ ކަމަށެވެ. އަދި ރައީސް މުޢިއްޒަކީ ޤާނޫނުގެ ވެރިކަން ނެގެހެއްޓުމުގައި ސާބިތުވެ ހުންނަވާނެ، ރައްޔިތުންނަށް އިޚްލާޞްތެރި ވެރިއެއްކަމުގެ ޔަޤީންކަން އޭނާ އެރުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި