Thursday, 20 March 2025
Ads by

ރަށު ތަރައްޤީއަށް ބޭނުންވާ ކަންކަން ވައިކަރަދޫ ކައުންސިލުން ރައީސް އާ ހިއްސާކުރައްވައިފި

ރަށު ތަރައްޤީއަށް ބޭނުންވާ ކަންކަން ވައިކަރަދޫ ކައުންސިލުން ރައީސް އާ ހިއްސާކުރައްވައިފި

ރައީސް މުޢިއްޒު ވައިކަރަދޫ ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވުން - ފޮޓޯ:ރައީސް އޮފީސް

ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލުން ރަށުގެ ތަރައްޤީއަށް ކުރުމަށް ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާ ހިއްސާކުރައްވައިފިއެވެ.

ރައީސް، ވައިކަރަދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވާފައި ވަނީ ހޯމަ ދުވަހުގެ ރޭ ހދ. އަތޮޅު ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ހައުސިންގ ޔުނިޓް ބޭނުންވާ ކަމުގައި ހާމަކުރެއްވިއެވެ. އަދި ގިނަ މީހުން ރަށުން ހިޖުރަ ކުރާކަން ފާހަގަކުރައްވައި، އެކަން އެހެން ދިމާވަނީ ވަޒީފާ ލިބުމުގެ ދަތިކަން ހުރުމުން ކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ. އެހެންކަމުން ރަށުގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. ހަމައެއާއެކު، މަގުތައް ރަނގަޅު ފެންވަރުގައި ހެދުމަށާއި މިސްކިތެއް ގާއިމުކޮށްދެއްވުމަށާއި ފަތުރުވެރިކަމުގެ ދާއިރާ ތަރައްޤީ ކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުންވެސް ރަށުގެ އިހުތިސާސުގައި ރަށެއް ހިމެނުމަށް ބޭނުންވާކަން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވައިކަރަދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ ކަނބަލުންނަށް ޚާއްޞަކޮށް ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ ވަސީލަތްތައް ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
371525_e3caafb0-1_
ތިން ވަޒީރުންނަށް ރުހުން ހޯދަން ކޮމިޓީއަށް
police_shaheedhhussainadam_gaumeedhidha_flag_jumhooree
ސްކޫލު ދަރިވަރަކު ރަހީނުކޮށް ބްލެކްމެއިލް ކުރި މައްސަލަ ބަލަނީ
aasaharaa
މަރާމާތުތަކަށްފަހު އާސަހަރާ ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށް
MPL-northharbour2
އެމްޕީއެލް އިން ހުޅުމާލޭގައި 10 ބުރީގެ އިމާރާތެއް އަޅަނީ
Ads by
މަގުބޫލު
police_shaheedhhussainadam_gaumeedhidha_flag_jumhooree
ސްކޫލު ދަރިވަރަކު ރަހީނުކޮށް ބްލެކްމެއިލް ކުރި މައްސަލަ ބަލަނީ
20240404_025715
ސަރުކާރުން ހަދިޔާކުރާ ފުށާއި ހަނޑޫ ދެން ލިބޭނީ އެސްޓީއޯ ކާޑު ގުދަނުން
hjb-1
މިމަހު މީޑިއާނެޓަށް "ފުރޭތަ" އަރަނީ