Wednesday, 9 September 2026
Ads by

ޕާޓީއާއި ގުޅުމެއްނެތް ކަމަށް ބުނެ ޕީއެންއެފްއިން މިފަހަރު ވެސް ހެދީ ބޮޑު ދޮގެއް!

ޕާޓީއާއި ގުޅުމެއްނެތް ކަމަށް ބުނެ ޕީއެންއެފްއިން މިފަހަރު ވެސް ހެދީ ބޮޑު ދޮގެއް!

ޕީއެންއެފްގެ ޓައުންހޯލް ޖަލްސާގެ ތެރެއިން---

ސިޔާސީ ޕާޓީތަކުގެ ގާނޫނާ ހިލާފަށް ސިޔާސީ ހަރަކާތްތައް ހިންގުމުގެ ސަބަބުން ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ޕާޓީ ޕީއެންއެފް އެއްލައްކަ ރުފިޔާއިން ޖޫރިމަނާކުރުމުން އެއީ ޕާޓީއާއި އެއްވެސް ގުޅުމެއްނެތް ހަރަކާތްތަކެއް ކަމަށް ބުނެ އެ ޕާޓީން މިފަހަރު ވެސް ބޮޑު ދޮގެއް ހަދައިފިއެވެ.

Ad Image
Ads by

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނާ ތަކުރާރުކޮށް ޕީއެންއެފްއިން ހިލާފުވެފައިވާތީ އެއްލައްކަ ރުފިޔާއިން އެ ޕާޓީ ޖޫރިމަނާ ކުރާ ކަމަށާއި އަދި ގާނޫނާ ހިލާފުވާނަމަ ވަކިވަކި ފަރާތްތަކާ މެދު ވެސް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ބުނެ ރައީސް ޔާމީނަށް ސިޓީއެއް ފޮނުވައިފައެވެ.

އީސީން ޕީއެންއެފްގެ މައްޗަށް މިފަދަ ފިޔަވަޅެއް އަޅާފައި މިވަނީ އެ ޕާޓީން، އެހެން ޕާޓީތަކުގެ ބައްދަލުވުންތަކަށް ހުރަސް އެޅޭ ފަދަ އަމަލުކޮށް، އެހެން ޕާޓީއެއްގެ ބައްދަލުވުމެއް ހިނގަމުންދާ ތަނެއްގައި އެ ވަގުތާ ދިމާކޮށް ހަރަކާތްތައް ބާއްވައި، ހުއްދަ ނޫން ތަންތާނގައި އާންމު ބައްދަލުވުން ބޭއްވުމުގެ އިތުރުން އާންމު ބައްދަލުވުން ބާއްވާ ތަނާއި ވަގުތު 24 ގަޑިއިރު ކުރިން ކޮމިޝަނަށް ނާންގައި ހަރަކާތްތައް ބާއްވަމުންނެވެ.

މިކަމާ ގުޅިގެން ޕީއެންއެފްއިން ބުނެފައިވަނީ ހިޔާލީ ވިސްނުންތަކެއްގެ މައްޗަށް ބިނާކޮށް ޕާޓީއާއި ގުޅުމެއްނެތް ކަމެއްގައި އެ ޕާޓީ ޖޫރިމަނާކޮށްފައިވާކަން ބަޔާންކޮށް ސިޓީއެއް ފޮނުވުމަކީ ދެކޮޅު ނުޖެހޭ ކަމެއް ކަމަށެވެ. މި މައްސަލައާ ގުޅިގެން ޕީއެންއެފްއިން ވަނީ އީސީއަށް ސިޓީއެއް ވެސް ފޮނުވައިފައެވެ.

ޕީއެންއެފްގެ އެ ސިޓީގައި ބުނެފައިވަނީ، އީސީގެ މި އަމަލަކީ މިނިވަން މުއައްސަސާއަކުން އަމަލުކުރަންޖެހޭ މިންގަނޑުގެ ބޭރުން، ސަރުކާރުގެ ނުފޫޒުގެ މައްޗަށް ބިނާކޮށް ހިންގާފައިވާ ދަށުދަރަޖައިގެ އަމަލެއް ކަމަށެވެ. ޕީއެންއެފްއިން ބުނި ގޮތުގައި، އެ ޕާޓީން ރަސްމީ ސިޔާސީ ހަރަކާތެއްގެ ގޮތުގައި ކުރިއަށްގެންދަނީ ’ޓައުންހޯލް‘ ޖަލްސާ އެކަންޏެވެ. އެގޮތުން ރޭގެ ވަގުތެއްގައި މިފަދަ ޖަލްސާއެއް ކުރިއަށް ގެންގޮސްފައިވާނެ ކަމަށް އެ ޕާޓީން ބުނެފައިވެއެވެ.

ޕީއެންއެފްއިން މި މޭރުމުން ބުނެފައިވީ ނަމަވެސް އެއްވެ އުޅުމުގެ މިނިވަންކަމުގެ ނަމުގައި ޕީއެންއެފްގެ އެކްޓިވިސްޓުން އަންނަނީ ކޮންމެ ރެއަކުހެން ބޭއަދަބީ މުޒާހަރާތައް ބާއްވައި އާންމުންނަށް އުނދަގޫކުރަމުންނެވެ. މި މުޒާހަރާތަކުގައި ބޭއަދަބީ ވާހަކަތައްދެއްކުމާއި އަވަގުރާނަ ގޮވުން ފަދަ އާންމު އިޖުތިމާއި މިންގަނޑުތަކާ ހިލާފު އެތައް ކަމެއް ހިނގައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި