Sunday, 26 July 2026
Ads by

އަޟްޙާ ޢީދު ފާހަގަކުރުމުގައި މި ސަރުކާރުގެ ފަރާތުން ކުރާ ހަރަދުތައް ކުޑަވާނެ: ރައީސް

އަޟްޙާ ޢީދު ފާހަގަކުރުމުގައި މި ސަރުކާރުގެ ފަރާތުން ކުރާ ހަރަދުތައް ކުޑަވާނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

އަޟްޙާ ޢީދު ފާހަގަކުރުމުގައި މި ސަރުކާރުގެ ފަރާތުން ކުރާ ހަރަދުތައް ބޮޑުތަނުން ކުޑަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

އެމަނިކުފާނު މި މޭރުމުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ”އެކި އެމްވީ“ ގެ ފަރާތުން ކުރި ސުވާލަށް ޖަވާބުދެއްވަމުންނެވެ. ރައީސް ވިދާޅުވީ، މީގެ ކުރިން ސަރުކާރުން ބައެއް ރަށްތަކުގައި ޢީދުގެ ކުޅިވަރު ހަރަކާތްތައް ހިންގި ނަމަވެސް މި ފަހަރު އެފަދަ ހަރަކާތްތައް ވަކި ރަށްތަކެއްގައި ސަރުކާރުން ނުހިންގާނެ ކަމަށެވެ.

ކުންފުނިތަކުން ހަރަދު ކުޑަކުރުމަށް ޕީސީބީން އަމުރުކޮށް، އިރުޝާދުތަކެއް ފޮނުވައިފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ޕީސީބީގެ އެންގުމާ އެއްގޮތަށް ކުންފުނިތަކުން މިފަހަރުވެސް ހަރަދު ކުޑަކުރުމުގެ ކަންކަން ކުރިއަށްގެންދާނެ ކަމަށެވެ. އޭގެތެރޭގައި ހަމައެކަނި ޢީދާ ދިމާކޮށް ރަށްރަށުގައި ހިންގާ ކުޅިވަރު ހަރަކާތްތަކާއި، މުވައްޒަފުންގެ އަދަދު މަދުކުރުން ހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

”އޭގެ ތެރޭގައި ހަމައެކަނި ކުޅިވަރުތަކެއް ނޫން، މުވައްޒަފުންގެ އަދަދު މަދުކުރުމާއި މިހެން ގޮސް ކުންފުނިތަކުގެ ހަރަކާތްތައް އިތުރަށް ސްޓްރީމް ލައިންކުރުމަށްޓަކައި އެފިޝިއެންޓް ކުރުމަށްޓަކައި އެ ގެނެވޭ ބަދަލުތައް އެބަގެނެވޭ މިހާރު،“ – ރައީސް ވިދާޅުވިއެވެ.

ކުންފުނިތަކުގެ ހަރަދުކުޑަކުރުމުގެ ވާހަކަދެކެވޭއިރު ފާހަގަކޮށްލަންޖެހޭ ކަމަކީ ސަރުކާރުން އަންނަނީ މިނިސްޓްރީތަކާއި ސަރުކާރުގެ ކުންފުނިތަކުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު މަދުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންނެވެ އެގޮތުން ސިޔާސީ މުވައްޒަފުންގެ 33 އިންސައްތަ ސިޔާސީ މުވައްޒަފުން ވަކިކުރުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި