Saturday, 24 October 2026
Ads by

އަމިއްލަ ވެރިކަމުގައި ޗާޓުން ބޭރުން ގާޒީއަކު ރަހީނުކުރި ނަޝީދު ކޯޓުތަކާއި ޤާނޫނަށް ގޮންޖަހައިފި

އަމިއްލަ ވެރިކަމުގައި ޗާޓުން ބޭރުން ގާޒީއަކު ރަހީނުކުރި ނަޝީދު ކޯޓުތަކާއި ޤާނޫނަށް ގޮންޖަހައިފި

އެކި ގްރެފިކްސް ރާއިޤް..

ރައީސް އޮފީހުގެ މުވައްޒަފަކު ރައީސް ޑރ. މުއިއްޒާ ދެކޮޅަށް ނިކުމެ، ރައީސް އޮފީހުގައި ނޭދެވޭ ޢަމަލުތައްހިންގި ކަމަށް ތުހުމަތުކޮށް، ކޯޓަށް ދުވާ ހުށަހަޅާފައިވަނިކޮށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ކޯޓު އަމުރާ ދެކޮޅަށް ތެދުވެ، ޝަރުޢީ ނިޒާމަށް ގޮންޖަހައިފިއެވެ.

Ad Image
Ads by

ނަޝީދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް އޮފީހުގެ ތުހުމަތު ލިބިފައިވާ މުވައްޒަފު ބުނެފައިވަނީ، ”އަދަދު“ ނޫސް ހިންގި ކަމަށް ތުހުމަތުކޮށް، ދައުވާ ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް ކޯޓުން ވަނީ، ތިމަންނަ ދެ ފަރާތުގެ ދެމެދުގައި ހިނގި ކަންކަމާ ގުޅޭ ވާހަކައެއް ނުދެއްކޭނެ ކަމަށް ބުނެ ކޯޓު އަމުރެއް ނެރެފައި ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ކޯޓު އަމުރާ ފާޅުގައި ދެކޮޅު ހެދުމަކީ، ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގުގައި ކުރެވޭ ހިމާޔަތްތެރި އިހްތިޖާޖެއް ކަމަށެވެ. ހަމައެހެންމެ، ތިމަންނަ ހުރީ ކޯޓު އަމުރާ ދެކޮޅަށް ތެދުވާން ތައްޔާރަށް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ ބަހުރުވަ ތަރުޖަމާ ކޮށްލާ ނަމަ، ކޯޓު ނިންމުންތަކަށް ތަބާ ނުވާނެ ކަމަށް ފާޅުކަން ބޮޑު ގޮތެއްގައި ވިދާޅުވެ، ޝަރުޢީ ނިޒާމަށް ގޮންޖެހުމަކީ ޤާނޫނީ ހަމަތަކާ ހިލާފު ކަމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ. އަދި ރާއްޖޭގެ ޝަރުޢީ ނިޒާމާ ދެކޮޅަށް ފާޅުގައި ތެދުވެ، ކޯޓު އަމުރަކަށް ތަބާ ނުވާނެ ކަމަށް ވިދާޅުވި ވިދާޅުވުން ގިނަ ބަޔަކު ސިފަ ކުރަނީ، ޤާނޫނީ ހިމާޔަތް ލިބިގެންވާ ކޯޓު ނިންމުންތަކަށް ގޮންޖެހުމެއްގެ ގޮތުގައެވެ.

ނަޝީދަކީ، ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ ޢަބްދުﷲ މުހައްމަދު، ޤާނޫނާ ޚިލާފަށް ހައްޔަރުކުރި ކަމަށް ސާބިތުވެ، 13 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވާ، ސުޕްރީމް ކޯޓުން ވެސް ތާއީދުކޮށްފައިވާ ބޭފުޅެކެވެ. ޓެރަރިޒަމްގެ ދައުވާ ސާބިތުވީ ހެކިންގެ ހެކިބަހުންނެވެ. ނަމަވެސް ނަޝީދު ވަނީ ދައުވާއަށް ފެށިގެންސުރެ ވެސް އިންކާރު ކުރައްވާފައެވެ.

ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ދަނިކޮށް ބޭސްފަރުވާއަށް ކަމަށް ވިދާޅުވެ އިނގިރޭސިވިލާތަށް ވަޑައިގެންނެވި ނަޝީދު، ފަހުން ވަނީ އެ ގައުމުން ހިމާޔަތް ހޯއްދަވައިގެން ސިޔާސީ ހަރަކާތްތަކެއް ފައްޓަވާފައެވެ. ރާއްޖެ ވަޑައިނުގެން ބޭރުގައި ހުންނަވައިގެން ސިޔާސީ ބަހުސްތަކުގައި ބައިވެރިވެ ވަޑައިގަންނަވަމުން ގެންދަވާ ނަޝީދު، ދާދި ފަހުން ވަނީ އިންޑިއާ ސަރުކާރުން ބޭއްވި ސެމިނާރެއްގައި ބައިވެރިވެ ވަޑައިގެން، ޢަބްދުﷲ ގާޒީ ހައްޔަރުކުރެއްވީ ރަނގަޅަށް ނޫން ކަމަށް ވެސް ވިދާޅުވެ، ހިންދީ ނޫހެއް ކަމަށްވާ ”ވަޔާ“ އަށް ދެއްވި އިންޓަވިއުއެއްގައި ތިމަންނަ ކުރެއްވި ކަންތައް ގޯސްކަމަށް ވިދާޅުވެ، ކުރިން ދެއްވި ހެކިބަހާ ފުށުއަރާ ވާހަކަތަކެއް ދައްކަވާފައެވެ.

ޤާނޫނީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، ކޯޓު ހުކުމަކާ ދެކޮޅަށް ފާޅުގައި ތެދުވެ، ހުކުމް ތަންފީޒު ނުކޮށް ބޭރު ގައުމެއްގައި ހިމާޔަތް ހޯދައިގެން ސިޔާސީ ހަރަކާތްތައް ހިންގުމަކީ، ޤާނޫނީ ހަމަތަކާ ޚިލާފު، ކަންބޮޑުވާންޖެހޭ ކަމެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި