Monday, 22 July 2024
Ads by

ރަށު ތަރައްޤީއަށް ބޭނުންވާ ކަންކަން ހިރިމަރަދޫ ކައުންސިލުން ރައީސް އާ ހިއްސާކުރައްވައިފި

ރަށު ތަރައްޤީއަށް ބޭނުންވާ ކަންކަން ހިރިމަރަދޫ ކައުންސިލުން ރައީސް އާ ހިއްސާކުރައްވައިފި

ރައީސް މުޢިއްޒު ހިރިމަރަދޫ ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވުން - ފޮޓޯ:ރައީސް އޮފީސް

ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ކައުންސިލުން ރަށު ތަރައްޤީއަށް ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާ ހިއްސާކުރައްވައިފިއެވެ.

ރައީސް، ހިރިމަރަދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވާފައި ވަނީ ހޯމަ ދުވަހުގެ ރޭ ހދ. ނެއްލައިދޫ ސްކޫލުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށް ޓަކައި ކުރުމަށް ބޭނުންވާ ކަންކަން ރައީސް އާ ހިއްސާކުރައްވާފައެވެ. އެގޮތުން ބަނދަރު ބޮޑުކުރުމަށް ބޭނުންވާ ކަމަށާއި ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާއި ބަޖެޓުގެ ދަތިކަން ހާމަކުރެއްވިއެވެ. މީގެ އިތުރުން ކައުންސިލުން ވަނީ ލާމަރުކަޒީ ނިޒާމުގެ ބާރު ކައުންސިލުތަކަށް ދެއްވީ މި ސަރުކާރުން ކަމުގައި ފާހަގަކުރައްވާފައެވެ. އަދި މި ސަރުކާރަކީ ވަރަށް އުންމީދީ ސަރުކާރެއް ކަމަށާއި ސަރުކާރު ދިފާޢުކުރުމަށް ވެވެން އޮތް ހުރިހާ ޤުރުބާނީއެއް ހިރިމަރަދޫ ކައުންސިލުން ވާނެ ކަމުގައި ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ޚާއްޞަ މަޝްރޫޢެއްގެ ގޮތަށް ހިރިމަރަދޫ ކައުންސިލް އޮފީސް އިމާރާތް ކުރުމުގެ މަސައްކަތް ފައްޓަވައި، 20 ދުވަހުގެ ތެރޭގައި ޢަމަލީ މަސައްކަތް ފެއްޓެވުމަށް ނިންމެވިކަން ހާމަކުރެއްވިއެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި ކަންކަން ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
fayyaz4
ވޯޓުލާން ނިކުތީ މަދުބައެއް، ނަތީޖާއާއި މެދު މާޔޫސްވާންވީ ސަބަބެއް ނެތް: ފައްޔާޒު
ibu mother
ކުރީގެ ރައީސް ޞާލިހްގެ މަންމާފުޅު އަވަހާރަވެއްޖެ
DSC_2970
މުސްތަޤްބަލުގައި ޤައުމަށް ފައިދާހުރި ދަރިންތަކެއް ބިނާކުރުމަށް މިކަންކަމަށް ސަމާލުކަންދީ!
old-hands
ހީނަރުވެފައިވާ ގުޅުންތައް ބަދަހިކުރުމަށް އިސްކަންދޭންވީ މިކަންތައްތަކަށް!
Ads by
މަގުބޫލު
report 1
ރައީސް ނަޝީދު އެމްޑީޕީން ވަކިވުން, ސިޔާސީ މަޝްރަޙަށް އައި އިންގިލާބީ ބޮޑު ބަދަލެއް!