Sunday, 26 July 2026
Ads by

ޑޮކިއުމަންޓަރީއާއި ގުޅިގެން ކޯޓުން ނެރެފައިވާ އަމުރަށް ތަބާވުމަކީ ލާޒިމް ކަމެއް: ރައީސް

ޑޮކިއުމަންޓަރީއާއި ގުޅިގެން ކޯޓުން ނެރެފައިވާ އަމުރަށް ތަބާވުމަކީ ލާޒިމް ކަމެއް: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

”އަދަދު“ ނޫހުން އާންމުކުރި ”އައިޝާ“ ޑޮކިއުމަންޓަރީ ދައުރުކުރުމާއި، އެއާ ގުޅޭ އެއްވެސް ވާހަކައެއް ނުދެއްކުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރަށް ހުރިހާ ފަރާތްތަކުން ވެސް ތަބާވުމަކީ ލާޒިމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައީސް މުޢިއްޒު މި މޭރުމުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، ކޯޓުގެ އަމުރަށް ތަބާވުމަކީ ދިވެހި ހުރިހާ ރައްޔިތުންގެ މައްޗަށް ލާޒިމު ކަމެއް ކަމަށާއި، އެކަމަކީ ކޯޓު އަމުރެއް އޮތް ކަމަކަށްވާތީ އެއްވެސް ރައްޔިތަކު އެއާ ގުޅޭގޮތުން އެއްޗެއް ބުނެގެން ނުވާނެ ކަމަށެވެ.

”ކޯޓުން ތި އޮތީ ގެގް އޯޑަރއެއް ނެރެފައި ތިކަމުގައި، އެހެންވީމާ އެ އަމުރަށް ތަބާވުމަކީ ދިވެހި ހުރިހާ ރައްޔިތުންގެ މައްޗަށް ލާޒިމު ކަމެއް، އެއީ އޭގެ ސީދާ ޖަވާބަކީ، އެކަމަކީ ކޯޓު އަމުރެއް އޮތް ކަމަކަށްވާތީ އެއްވެސް ރައްޔިތަކު އެއާ ގުޅޭގޮތުން އެއްޗެއް ވިދާޅުވެގެން ނުވާނެ،“ – ރައީސް ވިދާޅުވިއެވެ.

މިކަމަކީ ސަރުކާރުން އިސްނަގައިގެން ކުރާ ކަމެއް ނޫންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ތިން ބާރު ވަކިވެފައި ނިޒާމެއްގައި ޝަރުއީ ދާއިރާގެ ހުރިހާ ކަމެއް ހިނގާނީ އެ ދާއިރާގެ ތެރެއިން ކަމަށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ ރާއްޖޭގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ރާއްޖޭގައި އޮތް މިންވަރަށް ވެސް އަލިއަޅުއްވާލައްވައިފައެވެ. އެގޮތުން ދިވެހިރާއްޖެއަށްވުރެ ބޮޑަށް ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮތް އެހެން ގައުމެއް ނެތްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއް ކަމަށާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރޭގައި އިސްލާމްދީނުގައި ނަހީކުރައްވާފައިވާ ކަންކަމާއި، ގާނޫނުއަސާސީއާ ހިލާފު އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން ނޫސްވެރިކަމުގެ ފާހެއް އޮތުމަކީ މީހުންގެ އަބުރަށް އަރައިގަނެ މީހުންގެ ކަރާމާތަށް އުނިކަމެއް އަތުވެދާނެފަދަ ކަންކަން ކުރުމަށް ލިބޭ ފުރުސަތެއް ނޫންކަމަށް ވެސް އެމަނިކުފާނު ވަނީ އިތުރަށް ވިދާޅުވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި