Saturday, 15 March 2025
Ads by

ރަށު ތަރައްޤީއަށް ބޭނުންވާ ކަންކަން ނައިވާދޫ ކައުންސިލުން ރައީސް އާ ހިއްސާކުރައްވައިފި

ރަށު ތަރައްޤީއަށް ބޭނުންވާ ކަންކަން ނައިވާދޫ ކައުންސިލުން ރައީސް އާ ހިއްސާކުރައްވައިފި

ރައީސް މުޢިއްޒު ނައިވާދޫ ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވުން - ފޮޓޯ:ރައީސް އޮފީސް

ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލުން ރަށު ތަރައްޤީއަށް ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާ ހިއްސާކުރައްވައިފިއެވެ.

Ad Image
Ads by MN Maldives

ރައީސް، ނައިވާދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވާފައި ވަނީ ހޯމަ ދުވަހުގެ ރޭ ހދ. ނެއްލައިދޫ ސްކޫލުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ މިހާރު ފަށާފައި ހުރި މަޝްރޫޢުތައް ކުރިއަށްދާލެއް ލަސްވުމުގެ ސަބަބުން ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ރަށުގައި ޞިއްޙީ ދާއިރާ އާއި ކުޅިވަރުގެ ދާއިރާ އިތުރަށް ތަރައްޤީ ކުރުމަށް ބޭނުންވާ ކަމުގައި ކައުންސިލުގެ ފަރާތުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މިސްކިތަކާއި ޕޮލިސް ޕޯސްޓެއް ގާއިމުކުރުމަށް ބޭނުންވާ ކަމަށާ އަދި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ ކަމުގައި ކައުންސިލުން ހާމަކުރިއެވެ. ހަމައެއާއެކު ކަރަންޓު އުފެއްދުމުގައި އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ކައުންސިލުން އިސްނަގައިގެން ކުރާ މަސައްކަތްތައް ފާހަގަކޮށް، ސަރުކާރުން، ކައުންސިލަށް އެކަން ކުރުމަށް ބާރު ދެއްވުމަށް ރައީސްގެ އަރިހުން އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ނައިވާދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ، ކޮމިޓީގެ މަސައްކަތްތަކަށް އޮފީސް ޖާގައިގެ ބޭނުންތެރިކަމާއި ބަޖެޓުގެ ދަތިކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަން އޮތްގޮތް ބައްލަވައި، އެ ކަންކަން ހައްލު ކުރުމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
371525_e3caafb0-1_
ތިން ވަޒީރުންނަށް ރުހުން ހޯދަން ކޮމިޓީއަށް
police_shaheedhhussainadam_gaumeedhidha_flag_jumhooree
ސްކޫލު ދަރިވަރަކު ރަހީނުކޮށް ބްލެކްމެއިލް ކުރި މައްސަލަ ބަލަނީ
aasaharaa
މަރާމާތުތަކަށްފަހު އާސަހަރާ ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށް
MPL-northharbour2
އެމްޕީއެލް އިން ހުޅުމާލޭގައި 10 ބުރީގެ އިމާރާތެއް އަޅަނީ
Ads by
މަގުބޫލު
A07F9088-E0DE-4C18-BAE3-6518526D2800
އެކި ސުފުރާ: ޗޮކްލެޓް ބޯލްސް
401922_3_1e37961f540adfa5e4a6578c1c83a4feb4b3bea5_large
އުސްފަސްގަނޑާ ދިމާ މޫދުން މަރުވެފައި އޮތް މީހަކު ފެނިއްޖެ
20240404_025715
ސަރުކާރުން ހަދިޔާކުރާ ފުށާއި ހަނޑޫ ދެން ލިބޭނީ އެސްޓީއޯ ކާޑު ގުދަނުން
20240227_232151
މިހާތަނަށް 561 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފިން: ފިޝަރީޒް މިނިސްޓްރީ
A07F9088-E0DE-4C18-BAE3-6518526D2800
އެކި ސުފުރާ: ޗޮކްލެޓް ބޯލްސް
401922_3_1e37961f540adfa5e4a6578c1c83a4feb4b3bea5_large
އުސްފަސްގަނޑާ ދިމާ މޫދުން މަރުވެފައި އޮތް މީހަކު ފެނިއްޖެ
20240404_025715
ސަރުކާރުން ހަދިޔާކުރާ ފުށާއި ހަނޑޫ ދެން ލިބޭނީ އެސްޓީއޯ ކާޑު ގުދަނުން
20240227_232151
މިހާތަނަށް 561 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފިން: ފިޝަރީޒް މިނިސްޓްރީ