Wednesday, 9 September 2026
Ads by

ކުރީގެ ރައީސް ނަޝީދު ކްރިޕްޓޯ ސްކޭމެއް ޕްރޮމޯޓުކުރާތީ ނުރުހުން ފާޅުކުރަން ފަށައިފި

ކުރީގެ ރައީސް ނަޝީދު ކްރިޕްޓޯ ސްކޭމެއް ޕްރޮމޯޓުކުރާތީ ނުރުހުން ފާޅުކުރަން ފަށައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެހެން ދުނިޔޭގެ ބައެއް ލީޑަރުންގެ ނަން ބޭނުންކޮށްގެން ޕްރޮމޯޓުކުރުމަށް ފަށާފައިވާ ކޮމަންވެލްތު ޔުނިއަން ބްލޮކްޗެއިން ނެޓްވޯކް (ސީޑަބްލިއުޔޫ) ކްރިޕްޓޯ ޓޯކަންއަކީ ބޮޑު އޮޅުވާލުމެއްގެ ތެރެއިން ހިންގާ ސްކޭމެއް ކަމަށް ތުހުމަތުކޮށްފިއެވެ.

Ad Image
Ads by

ހީލަތްތެރިކަމާއިއެކު ނަން ކޮމަންވެލްތާ ގުޅުވައިގެން ހިންގާ މި ”ސްކޭމް“ ކްރިޕްޓޯ ކަރަންސީ ޓޯކަންގެ ޖުމްލަ ސަޕްލައިގެ 73.13 އިންސައްތަ ކޮންޓްރޯލުކުރަނީ ލޯންޗުކުރި ވަގުތު އެންމެ ސިކުންތެއްގެ ތެރޭގައި ހަދާފައިވާ 195 ވޮލެޓުންނެވެ.

މިއީ އެއްފަރާތުގެ ކޮންޓްރޯލްގެ ދަށުގައި ޓޯކަންތައް ހިފަހައްޓާފައި ފަހުން އިންވެސްޓަރުންގެ ފައިސާއާއެކު ފިލުމަށް މިފަދަ ސްކޭމްތައް ހިންގާ ފަރާތްތަކުން ބޭނުންކުރާ އުކުޅެކެވެ.

މި ކްރިޕްޓޯ ކަރަންސީގައި ބައިވެރިވުން އޮތްކަމަށް ދެއްކި އަލިފްދާލުގެ ޖެނެރަލް އެސެމްބްލީގެ ކުރީގެ ރައީސް އަބްދު الله ޝާހިދު އަދި މޮރީޝަސްގެ ކުރީގެ ރައީސާ އަމީނާ ގުރިބް-ފަކީމް ވަނީ ސީޑަބްލިއުޔޫ ކަރަންސީގައި އެމީހުން ބައިވެރިވުމެއް ނެތްކަމަށް ބުނެފައެވެ.

ރައީސް ނަޝީދުގެ ބަހެއް ހޯދަން ކުރި މަސައްކަތް އަދި މިހާތަނަށް ނާކާމިޔާބު ވެފައިވާއިރު، އެފަދަ ދުނިޔެއަށް ލޯހުޅުވިފައިވާ ކަމަށް ގިނަ ބަޔަކު ބުނާ ޝަހުސިއްޔަތެއް މިފަދަ ސްކޭމެއްގައި ޖެހި އެހެންފަރާތްތަކަށް މި ފެތުރުމަކީ، ރައީސް ނަޝީދަށް އިތުބާރުކުރާ އަދި އެހެން ނޫންވެސް އާއްމު ގިނަ ބަޔަކަށް މާލީގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިދާނެކަމެއް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި