Ads by
ޚަބަރު
މާލެ އަތޮޅު ފިޔަވައި ހުރިހާ އަތޮޅަކަށް ވޯޓު ކަރުދާސް ފޮނުވައިފި

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ބޭނުންވާ ވޯޓު ކަރުދާހާއި އެހެނިހެން ތަކެތި މާލެ އަތޮޅު ފިޔަވައި ހުރިހާ އަތޮޅަކަށް ފޮނުވާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފި އެވެ.

Ads by Eki Online

ރިޔާސީ އިންތިހާބުގެ ފަހުގެ ތައްޔާރީތަކާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ މާލެ އަތޮޅު ފިޔަވައިފި އެހެން އަތޮޅުތަކަށް ވޯޓު ކަރުދާސް މިހާރު ފޮނުވާފައިވާ ކަމަށެވެ.

އަދި އަންނަ ހޯމަ ދުވަހު މާލެ އަތޮޅުގެ ރަށްތަކަށް ބޭނުންވާ ވޯޓު ކަރުދާސް ފޮނުވާނެ ކަމަށާއި ރާއްޖެއިން ބޭރަށް ފޮނުވާ ވޯޓު ކަރުދާހާއި އޮފިޝަލުން އަންނަ ބުދަ އަދި ބުރާސްފަތި ދުވަހު ފުރާނެ ކަމަށް ހަބީބު ވިދާޅުވިއެވެ. ރިސޯޓުތަކަށް ފުރާ އޮފިޝަލުން ފުރަން ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުއެވެ.

ހަބީބް ވިދާޅުވީ ރަށްރަށަށް ވޯޓު ކަރުދާސް ފޮނުވަމުން ދަނީ ފުލުހުންގެ އެހީތެރިކަމާއި، ބެލުމުގެ ދަށުން ކަމަށެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްލަ 3034 އޮބްޒާވަރުންނާއި، 3،810 މޮނިޓަރުންގެ އިތުރުން 1490 މަންދޫބުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަހައްޓާފައިވާ ވޯޓު ފޮށި ތަކުގައި ހަރަކާތްތެރިވަމުން ގެންދާނެކަމަށް ހަބީބު ވިދާޅުވިއެވެ. މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ޖުމްލަ 282،395 މީހަކަށް ވޯޓު ލުމުގެ ހައްގުލިބިގެންވެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *