Wednesday, 9 September 2026
Ads by

ސިފައިންގެ އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ސްކޫލް ރައީސް މުޢިއްޒު ހުޅުއްވައިދެއްވައިފި

ސިފައިންގެ އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ސްކޫލް ރައީސް މުޢިއްޒު ހުޅުއްވައިދެއްވައިފި

ސިފައިންގެ އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ސްކޫލް ރައީސް މުޢިއްޒު ހުޅުއްވައިދެއްވުން--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ސަރވިސް ކޯގެ، ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

Ad Image
Ads by

އެމަނިކުފާނު މި ސްކޫލް ހުޅުއްވައިދެއްވީ ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައެވެ. މި ސްކޫލް ހުޅުވުމާ ގުޅިގެން ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ މި ސްކޫލަކީ ދިވެހި ސިފައިންގެ ފަންނީ ހުނަރާއި އިލްމީ ގާބިލުކަން މިހާރަށްވުރެ ބޮޑަށް ކުރިއެރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

ބ. ކިހާދޫގައި ގާއިމުކޮށްފައިވާ މި ސްކޫލުގެ އެންމެ މުހިންމު އެއް މަސައްކަތަކީ މޯލްޑިވްސް ނެޝަނަލް ސަރވިސް ނުވަތަ ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނުތައް ކުރިއަށްގެންދިއުމެވެ. ޑިފެންސް މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި، މި ވަގުތު އެކަނި ވެސް ވަތަނީ ހިދުމަތުގެ ތަމްރީނު ފުރިހަމަކުރަމުންދާ 65 ދަރިވަރުން އެބަތިއްބެވެ. އެއީ 16 އަހަރާއި 19 އަހަރާ ދެމެދުގެ 49 ފިރިހެން ކުދިންނާއި 16 އަންހެން ކުދިންނެވެ.

މި ސްކޫލުން އުނގަންނައިދޭ ދާއިރާތަކުގެ ތެރޭގައި އޮޓޯމޮބައިލް އިންޖިނިއަރިންގ، މެރިން އިންޖިނިއަރިން، އިލެކްޓްރީޝަން، ރެފްރިޖެރޭޝަން، ވެލްޑިންގ އަދި އޮފީސް މެނޭޖްމަންޓް ފަދަ ދާއިރާތައް ހިމެނެއެވެ. މި ތަމްރީނުތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) ގެ އެޕްރޫވަލްއާއިއެކު ހިންގާ ލެވެލް ތިނެއްގެ ފެންވަރުގެ ތަމްރީނުތަކެކެވެ. ހަތަރު މަސްދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ތަމްރީނުތަކަކީ ދަރިވަރުން ވަޒީފާގެ މައިދާނަށް ނެރުމަށް ތައްޔާރުކޮށްދޭ ތަމްރީނުތަކެކެވެ.

މީގެ އިތުރުން، މި ސްކޫލުގައި ދަރިވަރުންގެ އަހްލާގާއި، ވަގުތަށް ބޯލެނބުމާއި، ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ހާއްސަ ޕްރޮގްރާމުތަކެއް ވެސް ހިންގާނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި