ހުޅުމާލެ ބޭރުގައި އަޅާފައި އޮތް ސަފާރީއެއްގައި އަލިފާން ރޯވެއްޖެއެވެ.
މިކަމާ ގުޅިގެން ގައުފީ ދިފާއީ ބާރު (އެމްއެންޑީއެފް) ގެ ބަހެއް ލިބޭ ގޮތެއް އަދި ނުވެއެވެ.
ހުޅުމާލެ ބޭރުގައި އޮތް ސަފާރީއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާއިރު، މިއަދު މެންދުރުފަހުގެ ވަގުތެއްގައި ގުޅީފަޅު ކައިރީގައި އޮތް ދޯންޏެއްގައި ވެސް ވަނީ އަލިފާނުގެ ހާދިސާއެއް ހިނގައިފައެވެ. މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފްއިން ބުނެފައިވަނީ، އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ގުޅީފަޅު ނެރާ ދިމާލުން ބޭރުގައި އޮތް ”އޮގްޒޮން ކެރިއަރ 2“ ނަމަކަށް ކިޔާ ދޯންޏެއްގައި ކަމަށެވެ.
އެމްއެންޑީއެފްއިން ވަނީ އެ ދޯނީގައި ރޯވި އަލިފާންގަނޑު އެއްކޮށް ނިއްވާލައިފައެވެ.













