Wednesday, 9 September 2026
Ads by

ޙައްޖު 1447: މިނާގައި ދިވެހިންނަށް ލިބޭ ހިދުމަތްތައް މިދިޔަ އަހަރަށްވުރެ ބޮޑުތަނުން ރަނގަޅު

ޙައްޖު 1447: މިނާގައި ދިވެހިންނަށް ލިބޭ ހިދުމަތްތައް މިދިޔަ އަހަރަށްވުރެ ބޮޑުތަނުން ރަނގަޅު

މޯލްޑިވްސް ޙައްޖު މިޝަންއިން މިނާގެ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތް ބަލައިލަނީ--- ފޮޓޯ: ޕީއެސްއެމް

ދިވެހި ޙައްޖުވެރިންނަށް މިނާގައި މި އަހަރު ލިބޭ ހިދުމަތްތައް، އޭގެ ކުރީ އަހަރަށްވުރެ ބޮޑުތަނުން ރަނގަޅުވާނެ ކަމަށް މޯލްޑިވްސް ޙައްޖު މިޝަންއިން ބުނެފިއެވެ.

Ad Image
Ads by

މޯލްޑިވްސް ޙައްޖު މިޝަންއިން މި މޭރުމުން ބުނެފައިވަނީ މިނާގެ އެންމެފަހުގެ އިންތިޒާމުތައް ކުރިއަށްދާގޮތާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރަމުންނެވެ. މިކަމާ ގުޅޭ އެންމެފަހުގެ މައުލޫމާތު ހިއްސާކުރަމުން ޙައްޖު މިޝަންއިން ބުނެފައިވަނީ މި އަހަރު ވެސް ދިވެހި ޙައްޖުވެރިން މިނާގައި ތިބޭނީ އޭގެ ކުރީ އަހަރު ވެސް މިނާގައި ތިބި ސަރަހައްދުގައި ކަމަށެވެ.

މިނާގެ އެންމެހައި އިންތިޒާމުތަކެއް ކުރިއަށްގެންދަނީ މައްކާ އެޖެންޓް ރަވާފް މިނާގެ އެހީތެރިކަމާ އެކުގައެވެ. ރަވާފް މިނާއާއި ބައްދަލުކޮށް މިނާގައި ދިވެހިން ތިބުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބެލުމަށްފަހު ޙައްޖު މިޝަންއިން ބުނެފައިވަނީ، މިނާގައި ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން މިހާރު ކުރިއަށްދަނީ ބޭނުންވާ ބައެއްކަހަލަ ވަސީލަތްތައް ޓެންޓަށް ގެންދިއުމުގެ މަސައްކަތް ކަމަށެވެ.

އެހެން އަހަރުތަކާ ހިލާފަށް މި އަހަރު އެންމެ ބޮޑު ބަދަލެއް ގެންނަނީ ފާހާނާތަކާއި ކެއިންބުއިމުގެ އިންތިޒާމްތައް ހަމަޖެއްސުމަށެވެ. އެގޮތުން މީގެ ކުރިން މިނާގައި ދިވެހި ޙަައްޖުވެރިން ބޭނުންކުރަމުންއައީ 20 ފާހާނާ ނަމަވެސް މި އަހަރު އެ އަދަދު ވަނީ 60 އަށް އިތުރުކޮށްފައެވެ. އަލަށް އިމާރަތްކުރެވުނު ފާހާނާ ބަރިއަކީ ބޭނުންކުރަން ފަސޭހަ، އަންހެނުންނާއި ފިރިހެނުންނަށް ވަކިން ބޭނުންކުރެވޭ ގޮތަށް ދެ ބަޔަކަށް އިމާރަތްކުރެވިފައިވާ ފާހަނާ ބަރިއެކެވެ.

ޙައްޖުވެރިންގެ ކެއިންބުއިމުގެ އިންތިޒާމްތަކަށް ބަލައިލާއިރު، މި އަހަރު މިނާގައި ކެއްކުމުގެ އިންތިޒާމް ކުރިއަށްވުރެ ރަނގަޅަށް ހަމަޖެއްސުމުގެ ގޮތުން ކައްކާ ބަދިގޭގެ ޖާގަ އިތުރުކޮށް ފެސިލިޓީތައް ވެސް ވަނީ އިތުރުކޮށްފައެވެ. އެ މަސައްކަތް ނިމި، މިހާރު ކުރިއަށްދަނީ ކެއްކުމަށް ބޭނުންވާ ބާވަތްތައް ޓެންޓަށް ގެންދިއުމުގެ މަސައްކަތެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ސަރުކާރުން އަންނަނީ ސަޢުދީ ސަރުކާރާއި ގުޅިގެން ދިވެހި ޙައްޖުވެރިންނަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން ހިދުމަތްތައް ފުޅާކުރަމުގެ މަސައްކަތް ކުރަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި