Ads by
ޚަބަރު
ރައީސް ޞާލިޙްގެ މޯޓޯކޭޑަށް ހުރަސްއެޅި މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ މޯޓޯކޭޑަށް ހުރަސްއެޅި މައްސަލާގައި ހައްޔަރުކުރި ގދ. ވާދޫ ޗިޗަންޑާގޭ އިނާޝް އަބްދުﷲ ގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

Ads by Eki Online

ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް މީނާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ގަރީނާ ހުށަހަޅާފައިވާ ކަމަށާއި ފުލުހުން މަޑުކުރަން ބުނުމުން މަޑުނުކޮށް ރައީސްގެ މޮޓޯކޭޑަށް ހުރަސް އެޅި ކަމަށާއި މީނާ ހުއްޓުވިއިރު ހުރީ މަސްތުގެ ހާލިގައި ކަމަށް ހާދިސާ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށެވެ.

ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި އޭނާ ވަނީ ރައީސްގެ މޮޓޯކޭޭޑަށް އޭނާ ހުރަސްއެޅިކަމަށް އެއްބަސްވެފައެވެ.

މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އޭނާ 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާއިރު، އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ 16 ސެޕްޓެމްބަރު 2023ގައެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ މާޗް މަހުގެ 20 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *