Wednesday, 9 September 2026
Ads by

އީރާނަށް ބޮންއެޅުމަށް ސަޢޫދީ އާއި ކުވައިތުގެ ވައިގެ ސަރަޙައްދު އެމެރިކާއަށް ހުޅުވާލައިފި

އީރާނަށް ބޮންއެޅުމަށް ސަޢޫދީ އާއި ކުވައިތުގެ ވައިގެ ސަރަޙައްދު އެމެރިކާއަށް ހުޅުވާލައިފި

ހުޅަނގުގެ ވިޔަފާރި ޙިމާޔަތްކުރުމަށްޓަކައި އީރާނަށް ބޮންއެޅުމަށް ސަޢޫދީ އާއި ކުވައިތުގެ ވައިގެ ސަރަޙައްދު އެމެރިކާއަށް ހުޅުވާލައިފިއެވެ. (އެކިއެމްވީ ފޮޓޯ ކޮލާޖު)

ރިޔާޟް / ކުވައިތު ސިޓީ – އެމެރިކާގެ އަސްކަރިއްޔާއިން ސަޢޫދީ ޢަރަބިއްޔާއާއި ކުވައިތުގެ ވައިގެ ސަރަޙައްދާއި އަސްކަރީ މަރުކަޒުތައް ބޭނުންކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އެ ދެ ޤައުމުން ކުއްލި ގޮތަކަށް އުވާލައިފިއެވެ. މިއާއެކު، ހޮރްމޫޒް ކަނޑުއޮޅީގައި ހުޅަނގުގެ ވިޔަފާރި ބޯޓުފަހަރު ޙިމާޔަތްކުރުމަށް އެމެރިކާއިން ފަށާފައިވާ ”ޕްރޮޖެކްޓް ފްރީޑަމް“ އަލުން ފެށުމަށް މިވަނީ މަގުފަހިވެފައެވެ. މިއީ ގަލްފުގެ ޤައުމުތަކުގެ ސިޔާދަތީ ބާރުވެރިކަމުގެ ނިކަމެތިކަން ހާމަވެގެންދިޔަ ކަމެކެވެ.

Ad Image
Ads by

އިސްލާމީ އުއްމަތަށްވުރެ ހުޅަނގުގެ މަސްލަޙަތު އިސްކުރުން
މި ދެ ޤައުމުން ކުރިން މި ފިޔަވަޅު އެޅީ، އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކުގެ ސަބަބުން އީރާނުގެ ރައްދު ޙަމަލާތައް އަރަބި ޤައުމުތަކުގެ ތެޔޮ މަރުކަޒުތަކަށް އަމާޒުވެދާނެކަމުގެ ބިރު އޮތުމުންނެވެ. ފުޖައިރާއަށް ދާދިފަހުން ދިން ޙަމަލާއިން މި ބިރުވެރިކަން ވަނީ ސާބިތުވެސް ވެފައެވެ.

ނަމަވެސް ކުއްލި ގޮތަކަށް މި ފިޔަވަޅުތައް އުވާލުމުން މަޝްރަޙު ދިރާސާކުރާ ފަރާތްތަކުން ދެކޭގޮތުގައި މިކަމުން ހާމަވަނީ ޢަރަބި ލީޑަރުން އެމެރިކާޔާއި ހުޅަނގުގެ ޤައުމުތަކަށް ބަރޯސާވާ މިންވަރެވެ. އަމިއްލަ ޤައުމުގެ ސިޔާދަތާއި ސަލާމަތް ނުރައްކަލަށް ވެއްޓުނަސް ހެޔޮކަމަށް ޢަރަބި ލީޑަރުން އެމެރިކާއާއި ހުޅަނގުގެ އިޤްތިޞާދީ މަސްލަޙަތުތައް ޙިމާޔަތްކޮށްދިނުމަށް ފޫގަޅާފައިވާ މިންވަރެވެ. އަދި ޢަރަބި ޤައުމުތަކުގެ ވައިގެ ސަރަޙައްދުތައް އެމެރިކާ ފަދަ އިސްލާމްދީނާއި މުސްލިމުންނަށް ޢަދާވާތްތެރި ހުޅަނގު ބާރުތަކަށް، ގިނަ ފަހަރު އިސްލާމީ ބިންތަކައް ބޮންއަޅަން ދޫކޮށްލުމަކީ މުސްލިމުންގެ ތެރެއިން ގިނަ ބަޔަކު މި ދައުލަތްތަކުގެ ވަފާތެރިކަން އޮތީ އިސްލާމީ އުއްމަތައް ތޯ ނުވަތަ ހުޅަނގަށްތޯ ސުވާލު އުފައްދާ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމެކެވެ.

ހަމައެއާއިއެކު، މިދަނޑިވަޅުގައި ފަލަސްޠީނާއި ލުބުނާނުގެ މުސްލިމުން މަރައި ސުންނާފަތިކުރަމުންދާއިރު މި ޤައުމުތައް އަމިއްލަ އަވަށްޓެރި މުސްލިމުންގެ ދިފާޢުގައި އެއްވެސް ކަމެއް ނުކޮށް ހަނުތިބޭ ތިބުމާމެދުވެސް އިސްލާމީ އުއްމަތުގެ ގިނަ މުސްލިމުންދަނީ ފާޑުކިޔާ ސުވާލު އުފައްދަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި