Ads by
ޚަބަރު
އެންމެ ހުތުރުކޮށް މީހުންނަށް އެއްޗެހި ކިޔާމީހުންގެ ތެރޭގައި ދީނީ މީހުން ހިމެނުމަކީ ނުބައި ނަތީޖާ ނިކުމެދާނެ ކަމެއް: ޖަމީލް 

އެންމެ ހުތުރުކޮށް މީސްމީހުންނަށް އެއްޗެހި ކިޔާމީހުންގެ ތެރޭގައި ދީނީ މީހުން ހިމެނުމަކީ ނުބައި ނަތީޖާ ނިކުމެދާނެ ކަމެއް ކަމަށް ކުރީގެ ނައިބު ރައީސް އަދި ރައީސް ޔާމީންގެ އިސް ވަކީލް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

Ads by Eki Online

ޖަމީލް މިފަދައިން ވިދާޅުވީ ކާނިވާ ސަރަހައްދުގައި ރޭ އެމްޑީޕީން ބޭއްވި ބޮޑު ޖަލްސާގައި ޔާސީ އިންތިހާބުގައި އެމްޑީޕީއާ ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން ދެއްކެވި ވާހަކަފުޅާއި ގުޅިގެންނެވެ.

ރޭގެ ޖަލްސާގައި އިމްރާން ވަނީ ވަރަށް ބޮޑަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒުއަށް ފާޑުވިދާޅުވެފައެވެ. އެގޮތުން މުޢިއްޒަކީ އިހްލާސްތެރި ބޭފުޅެއް ނޫން ކަމަށާއި އަބަދުވެސް އުޅުއްވީ މަގާމުތަކުގެ ދަހިވެތިކަމުގައި ކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ.

އަދި މުޢިއްޒުގެ ވެރިކަމެއްގައި ރައީސް ޔާމީނު އޮންނަވާނީ ޖަލުގައި ކަމަށާއި، އެމަނިކުފާނުގެ މައްޗަށް ހުކުމްކުރި ވަގުތުގައިވެސް އެމަނިކުފާނަށް ހުކުމްކުރުމަށް އެދިވަޑައިގެން މުޢިއްޒު ހިތްޕުޅުން ދުއާކުރެއްވިކަމަށް އިމްރާން ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުސްލިމުންގެ ސިފަޔަކީ ތިމާގެ ދުލާއިއަތުން އަނެއް މުސްލިމާއަށް ރައްކާތެރިކަން ލިބިގަތުން ކަމަށް ކީރިތި ރަސޫލާގެ ޙަދީޘެއްގައި ބުނެފައިވާ ކަަމަށެވެ.

އަދި ރާއްޖޭގައި އެންމެ ހުތުރުކޮށް މީސްމީހުންނަށް އެއްޗެހި ކިޔާމީހުންގެ ތެރޭގައި ދީނީ މީހުން ހިމެނޭކަމީ ދީނާ ދުރަށް މީހުން ހިނގައި ދާނެ ސަބަބަކަށް ވެދާނެ ކަމަށާއި މިއީ ވަރަށް ނުބައި ނަތީޖާ ނިކުމެދާނެކަމެއް ކަމަށް ޖަމީލް ވިދާޅުވިއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *