Wednesday, 9 September 2026
Ads by

ޕީއެސްއެމްގެ އިމާރާތުގައި ކުންފުނީގެ މުދާ ގުދަންކުރާ ކަމަށް ބުނާ ވާހަކަ މެންބަރު ޝުޖާއު ދޮގުކުރައްވައިފި

ޕީއެސްއެމްގެ އިމާރާތުގައި ކުންފުނީގެ މުދާ ގުދަންކުރާ ކަމަށް ބުނާ ވާހަކަ މެންބަރު ޝުޖާއު ދޮގުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ”އޮފިޝަލް އިވެންޓްސް“ ގެ މުދާ ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ އިމާރާތްތަކުގައި ގުދަންކުރާ ކަމަށް ބުނެ ”އަދަދު“ ނޫހުން ފަތުރާފައިވާ ޚަބަރަކީ އެއްވެސް ޙަޤީޤަތެއް ނެތް ދޮގު މަޢުލޫމާތެއް ކަމަށް ވިދާޅުވެ، އެކަން އޭނާ ވަރަށް ބޮޑަށް ދޮގުކުރައްވައިފިއެވެ.

Ad Image
Ads by

”އަދަދު“ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޝުޖާއުގެ ކުންފުނީގެ ގިނަ އަދަދެއްގެ މުދާ ޓީވީ މޯލްޑިވްސް އާއި ދިވެހިރާއްޖޭގެ އަޑުގެ އިމާރާތުގައި ގުދަންކޮށްފައި ހުރި ކަމުގެ ފޮޓޯތަކެއް އެ ނޫހަށް ވަނީ ލިބިފައެވެ. އަދި އެއީ ޝުޖާއުގެ ކުންފުނީގެ މުދާކަން ކަށަވަރުވާ ކަމަށާއި، އެ ތަކެތި އެތަނުގައި ހުންނަތާ އަހަރެއްހާ ދުވަސް ވެދާނެ ކަމަށް ޕީއެސްއެމްގެ މުވައްޒަފަކާ ހަވާލާދީ އެ ނޫހުން ބުނެފައިވެއެވެ.

މިކަމާ ގުޅިގެން ޝުޖާއު ވިދާޅުވީ، އެ ނޫހުން ފެތުރި ޚަބަރަކީ ކަނޑައެޅިގެން ހަޤީޤަތާ ޚިލާފު ވާހަކައެއް ކަމަށެވެ. އަދި އެ ޚަބަރު ޝާއިޢުކުރުމުގެ ކުރިން މަޢުލޫމާތު ސާފުކުރުމަށް އެ ނޫހުން އޭނާއަށް ގުޅުމުން ވެސް، އެއީ ދޮގު ވާހަކައެއްކަން ސާފުކޮށްދީ، އިތުރަށް މަޢުލޫމާތު ސާފުކުރުމަށް އެދިފައިވާނެ ކަމަށް ޝުޖާއު ފާހަގަކުރެއްވިއެވެ.

”ލިބިވަޑައިގެން ތިއުޅުއްވާ ފޮޓޯ އަކީ ޕީއެސްއެމްގެ ނިމިދިޔަ ޤުރުއާން މުބާރާތާއި މަދަހަ މުބާރާތުގެ އިވެންޓަށް ގެންދެވިފައިވާ ސާމާނު. އެއީ ވެސް މި ކުންފުނީގެ ސީއެސްއާރްގެ ދަށުން ކުރެވިފައިވާ މަސައްކަތެއް،“ ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު އިތުރަށް ތަފްސީލު ދެއްވަމުން ވިދާޅުވީ، އޮފިޝަލް އިވެންޓްސްގެ ޑިރެކްޓަރ އަޙްމަދު އަދުހަމަކީ ޕީއެސްއެމްގެ ބޯޑު ޑިރެކްޓަރެއް ކަމަށާއި، އެހެންކަމުން ޕީއެސްއެމްގެ ތަފާތު އިވެންޓްތައް އޮފިޝަލް އިވެންޓްސްގެ ސީއެސްއާރް (CSR) ގެ ދަށުން ހިލޭ ސާބަހަށް ހަދައިދެމުން ގެންދާ ކަމަށެވެ.

އޭނާ ބަޔާންކުރެއްވި ގޮތުގައި އޮފިޝަލް އިވެންޓްސްގެ މުދާ ރައްކާކުރާނެ އަމިއްލަ ގުދަންތައް ހުންނާނެ ކަމަށާއި، ކުންފުނީގެ މުދާ ރައްކާކުރާނީ އަބަދުވެސް އެ ގުދަންތަކުގައެވެ. ތެދު މަޢުލޫމާތު ދިނުމުން ވެސް ”އަދަދު“ ނޫހުން އެ ޚަބަރު ނުބައިކޮށް ގެނެސްދީފައިވާތީ ޝުޖާއު ވަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
1 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
ްމުހައްމަދު އިބްރާހިމް ދީދީ
ްމުހައްމަދު އިބްރާހިމް ދީދީ
4 މަސް ކުރިން

ޝުޖާއު އަދަދު ނޫހަކީ އަބަދުވެސް ދޮގުހަދާ މީޑިއާއެއް އެކަންމިހާރު އެއްމެންނަށްވެސް އެގޭނެ

Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި