Wednesday, 9 September 2026
Ads by

ފަހިދިރިއުޅުން ކޯޕަރޭޝަންގެ މަސައްކަތް ހުއްޓިފައިވާކަމަށް ކުރާ ތުހުމަތުތަކަށް އެމްޑީ ހަމްދާން ރައްދުދެއްވައިފި

ފަހިދިރިއުޅުން ކޯޕަރޭޝަންގެ މަސައްކަތް ހުއްޓިފައިވާކަމަށް ކުރާ ތުހުމަތުތަކަށް އެމްޑީ ހަމްދާން ރައްދުދެއްވައިފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރަމުންދާ 4,000 ހައުސިންގ ޔުނިޓްގެ ލޭންޑްސްކޭޕިންގ ނުވަތަ ގޯތިތެރެ ޒީނަތްތެރިކުރުމުގެ މަސައްކަތްތައް ހުއްޓިފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ކުރަމުންދާ ތުހުމަތުތަކަށް ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް ރައްދުދެއްވައިފިއެވެ.

Ad Image
Ads by

މި މައްސަލަ ފެންމަތިވީ، އެފްޑީސީގެ ރަސްމީ އެކްސް އެކައުންޓުން އެ ސަރަހައްދުގައި ކުރިއަށްގެންދާ ފެހިކުރުމުގެ މަސައްކަތްތަކުގެ ފޮޓޯތަކެއް ހިއްސާކުރުމާ ގުޅިގެން، އިދިކޮޅު އެމްޑީޕީގެ އެކްޓިވިސްޓަކު ކުރި ސުވާލަކުންނެވެ. އެ އެކްޓިވިސްޓް ވަނީ މި މަސައްކަތް މުޅިން ހުއްޓިފައިވާ ކަމަށް ބުނެ، މަސައްކަތް އަލުން ފަށާނީ ކޮން އިރަކުންތޯ ސުވާލުކޮށްފައެވެ. އަދި އެ ސަރަހައްދުގައި ވަރަށް ބޮޑަށް ހިރަފުސް ބޮޑުވެފައިވާ ކަމަށާއި، މިއީ ހަމައެކަނި ޕީއާރު ސްޓަންޓެއްތޯވެސް އޭނާ ވަނީ ސުވާލު އުފައްދާފައެވެ.

މި ތުހުމަތުތަކަށް ރައްދުދެއްވަމުން ހަމްދާން ޝަކީލް ވިދާޅުވީ، ސޯޝަލް މީޑިއާގައި މަގުބޫލުކަން ހޯދުމަށްޓަކައި އަދި ޚާއްޞަކޮށް ހުކުރު ދުވަހަށް އެރިއިރާއެކު ދޮގު މައުލޫމާތު ނުފެތުރުމަށް އެދޭ ކަމަށެވެ. މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާކަން ސާބިތުކޮށްދިނުމަށްޓަކައި ހަމްދާން ވަނީ ބުރާސްފަތި ދުވަހު އެ ސައިޓުގައި މަސައްކަތް ހިނގަމުންދާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް ހިއްސާކުރައްވާފައެވެ.

ހަމްދާން އިތުރަށް ތަފްސީލުކޮށްދެއްވި ގޮތުގައި، މި މަޝްރޫއުގެ މަސައްކަތްތައް ކުރިއަށްގެންދަނީ އެކި ފިޔަވަހިތަކަށް ބަހާލައިގެންނެވެ. އެގޮތުން، ފްލެޓްތަކުގައި ދިރިއުޅޭ ފުރޮޅުލީ ގޮނޑި ބޭނުންކުރާ ފަރާތްތަކުން ހުށަހެޅި އެދުމަކަށް އިސްކަންދީގެން، މިހާރު އެންމެ އިސްކަމެއް ދީގެން ކުރިއަށްދަނީ ހުރިހާ ޓަވަރުތަކެއްގެ ކައިރީގައި ދުވާރު (ފުޓްޕާތް) ހެދުމުގެ މަސައްކަތެވެ. ޕޭވިންގ ބްލޮކް ޖެހުމާއި މުޅި ސަރަހައްދު ފެހިކުރުމުގެ މަސައްކަތްތައް ކުރިއަށްދާނީ މި މަސައްކަތް ނިމުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އަވަސްކުރުމަށް ދެއްވާ އިސްކަމާއެކު، އެފްޑީސީން ދަނީ ފްލެޓްތަކުގެ ބާކީ ހުރި މަސައްކަތްތައް ނިންމައި، އާންމުންނަށް ލުއިފަސޭހަ މާހައުލެއް ގާއިމުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި