Wednesday, 9 September 2026
Ads by

ދަރަނި ދެއްކުމާއި ބީއެމްއެލްއިން އެޅި ފިޔަވަޅުތަކާ އެއްވެސް ގުޅުމެއް ނެތް: މުންދު

ދަރަނި ދެއްކުމާއި ބީއެމްއެލްއިން އެޅި ފިޔަވަޅުތަކާ އެއްވެސް ގުޅުމެއް ނެތް: މުންދު

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު މުންދު--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑެބިޓު ކާޑުތަކަށް ވިއްކާ ޑޮލަރުގެ ލިމިޓަށް ގެނައި ބަދަލުތަކާއި މިދިޔަ މަހުގެ ތެރޭގައި ސަރުކާރުން ދެއްކި ބޭރުގެ ދަރަނިތަކާ އެއްވެސް ގުޅުމެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މުންދު މި މޭރުމުން ވިދާޅުވީ، ޕްރެސަރ ވިތް ސްޕޮކްސްގެ ނަމުގައި ޓެލެވިޒަން މޯލްޑިވްސްގައި މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ބީއެމްއެލްގެ ފަރާތުން މިއީ ކިހިނެއް ހިނގައިދިޔަ ކަމެއްކަން ވަރަށް ތަފުސީލުކޮށް ކިޔައިދީފައިވާކަން ފާހަގަކުރައްވަމުން މުންދު ވިދާޅުވީ، ސަރުކާރުން ދެއްކި ދަރަނިތަކާއި ކާޑު ލިމިޓަށް ގެނައި ބަދަލުތަކާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.

މިކަމުގައި، ތި އިންފަރެންސް ނުހައްދަވާށޭ އަޅުގަނޑުމެން މި ދެއްކި ލޯނުތަކާއި ނުވަތަ އަޅުގަނޑުމެން މި ކްލިއާ ކުރި އެފެކްސް ސްވޮޕްއާ، އެއާ ގުޅިގެނެއް އަޅުގަނޑުމެންގެ ކޭޝް ފްލޯއަކާއި އެހެން އެއްޗަކަށެއް ނާދޭ ލޮޅުމެއް ނުވަތަ ޑިފިކަލްޓީއެއް. އެހެންވީމަ، ސަރުކާރުން އަޅުގަނޑުމެން މިދިޔަ މަހުގެ ތެރޭގައި މި ދެއްކި ފައިސާ ނުވަތަ ކްލިއަރ ކުރި ދަރަނިތައް ކްލިއަރ ކުރުމަކާ ބީއެމްއެލްގެ މިކަމަކާ ގުޅުމެއް ނެތް އިނގޭތޯ،“ – މުންދު ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރާއްޖެއިން ބޭރަށް ނުދާ ފަރާތްތަކުގެ ކާޑު ހިފައިގެން ބޭރުގެ ގައުމުތަކުގައި ކާޑުގެ މުއާމަލާތް ކުރާ މައްސަލަ ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެހެންކަމުން ބީއެމްއެލްއިން ވަނީ އިމިގްރޭޝަނާއި ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ވަރަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފައެވެ.

އެގޮތުން ރާއްޖެއިން ބޭރުގައި ޕީއޯއެސް އަދި އޭޓީއެމްތަކުގައި ބޭނުންކުރާ ”ފޮރިން ސްޕެންޑް ލިމިޓް“ ހަމައެކަނި ރާއްޖެއިން ބޭރުގައި ތިބޭއިރު އެކްޓިވޭޓްވާ ގޮތަށް ބީއެމްއެލް މިހާރު ވަނީ ހަމަޖައްސައިފައެވެ.

މީގެ އިތުރުން، ބައެއް ފަރާތްތަކުން ވިޔަފާރީގެ ބޭނުމަށް، އަމިއްލަ ބޭނުމަށް ދޫކޮށްފައިވާ ރުފިޔާ ކާޑުތަކުން ބައެއް އޮންލައިން ވިޔަފާރި ސައިޓުތައް މެދުވެރިކޮށް ވިޔަފާރިކުރަމުންދާތީ އެ މައްސަލަ ހައްލުކުރުމަށް ބީއެމްއެލްއިން ވަނީ ކޮންމެ ކަސްޓަމަރަކަށް މަހެއްގެ މައްޗަށް ހެދޭ ޓްރާންސެކްޝަންގެ އަދަދު 30 އަށް ކަނޑައަޅައިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Aaidha
ބައިނަލްއަގުވާމީ ބީޗް ވޮލީ މެޗެއްގައި އިންސާފުކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީގެ ޝަރަފު އާއިދާއަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު