Wednesday, 9 September 2026
Ads by

މަޝްރޫއުތަކުގެ ކްރެޑިޓް ޔާމީނަށް ހައްގު، ރައީސް މުއިއްޒުގެ އިހުތިރާމު އަބަދުވެސް އޮންނާނެ: ސައީދު

މަޝްރޫއުތަކުގެ ކްރެޑިޓް ޔާމީނަށް ހައްގު، ރައީސް މުއިއްޒުގެ އިހުތިރާމު އަބަދުވެސް އޮންނާނެ: ސައީދު

ސިނަމާލެ ބުރިޖު އަޅައި ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކީވެސް މި ސަރުކާރުގައި މިހާރު ތިއްބެވި ބޭފުޅުން ކަމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށްވެސް އެކަމުގެ ”ކްރެޑިޓް“ ހައްގުކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

Ad Image
Ads by

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވަނީ ޕީޕީއެމްގެ ސަރުކާރުގައި ކުރިއަށް ގެންދިޔަ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގައި އިސްކޮށް ތިއްބެވީ އޭނާ އާއި އޭރުގެ ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަދި މިހާރުގެ ރައީސް މުހައްމަދު މުއިއްޒު ކަމަށް ވިދާޅުވެފަ އެވެ.

ސައީދު މިއަދު ވިދާޅުވީ ޕީޕީއެމްގެ ސަރުކާރުގައި ސިނަމާލެ ބްރިޖު އަޅަން ފެށިއިރު، އޭރު އިދިކޮޅުގައި އޮތް އެމްޑީޕީން ރާއްޖޭގައި ބްރިޖު އެޅޭނެ ކަމަށް ވެސް ގަބޫލުނުކުރާ ކަމަށެވެ. ނަމަވެސް ބުރިޖު އަޅައި އެކަންވެސް ލީޑުކުރީ ރައީސް މުއިއްޒުއާއި އޭނާ ކަމަށް އޭނާވެސް ހިމެނޭ ގޮތަށް އޭރުގެ އަދި މިހާރުގެވެސް ބައެއް މިނިސްޓަރުކަން ސައީދު ފާހަގަކުރެއްވިއެވެ.

”އަޅުގަނޑުމެން ވެސް ތިބީ ކެބިނެޓުގައި. އަޅުގަނޑުމެންގެ ތެރެއިން މަދުވެގެން މިއުޅެނީ އެންމެ މީހެއް، ދެ މީހެއް ނޫންތޯ؟ ހަމަ އެއް ޓީމެއް ނޫންތޯ މިއޮތީ؟ ހަމަ އެއް ޕާޓީއެއް ނޫންތޯ މިއޮތީ؟ އަޅުގަނޑުމެންނަކީ ބްރިޖު އެޅި މީހުން. އެއާޕޯޓުތައް އެޅި މީހުން. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު މުޅިން އާ ޒަމާނަކަށް ގެނައި މީހުން.“ ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، ތަރައްގީގެ މަޝްރޫއުތަކުގެ ”ކްރެޑިޓް“ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ހައްގު ކަމަށާއި އެއީ ވިޝަނަރީ ބޭފުޅެއް ކަމަށްވެސް ވިދާޅުވެފައެވެ.

”ރައީސް ޔާމީނަށް ހަމަ ވަރަށް ބޮޑު ކްރެޑިޓު. އެމަނިކުފާނަކީ ވަރަށް ވިސްނުންތެރި ބޭފުޅެއް. އެމަނިކުފާނަކީ ވަރަށް ވިޝަނަރީ ބޭފުޅެއް،“ ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ރައީސް މުއިއްޒުގެ ހިތްޕުޅުގައި ރައީސް ޔާމީނަށް ވަރަށް ބޮޑު ލޯތްބެއް އަބަދުވެސް އޮންނާނެ ކަމަށާއި އެކަން ބަދަލެއް ނުވާނެ ކަމަށެވެ.

”ރައީސް މުއިއްޒަކީ ރައީސް ޔާމީނަށް އެންމެ ލޯބިވާ، އެންމެ އަޅާލަން ބޭނުންވާ، ރައީސް ޔާމީން އަރިހު ހުންނަން އެންމެ ބޭނުންފުޅުވާނެ އެކަކު،“ އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ސައީދު ވިދާޅުވީ، ރައީސް މުއިއްޒުގެ ހިތްޕުޅުގައި ރައީސް ޔާމީނާ ދޭތެރޭ އެއްވެސް ހިތްބުރަކަމެއް އޮވެދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި