ފ. ފީއަލީ ބަނދަރުގައި އޮތް ބޯޓެއްގައި އަލިފާން ރޯވެ ހިނގި ހާދިސާގައި ފިހުނު ބިދޭސީ މީހާ ނިޔާވެއްޖެ އެވެ.
މިދިޔަ އޭޕްރިލް މަހުގެ ނުވަވަނަ ދުވަހުގެ ހެނދުނު ހިނގި އެ ހާދިސާގައި ފިހުނު އެ މީހާ މާލެ ގެނެސް ފަރުވާ ދެމުންދިޔައީ އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގަ އެވެ.
ފުލުހުން މިއަދު ބުނީ، ބިދޭސީ މީހާއަށް ފަރުވާ ދެމުންދަނިކޮށް މި މަހުގެ ހަތަރުވަނަ ދުވަހު ނިޔާވެފައިވާ ކަމަށެވެ. އަދި އޭނާގެ ހަށިގަނޑު ޖެހިގެން އައި ދުވަހު ގައުމަށް ފޮނުވާލާފައިވާ ކަމަށްވެސް ބުންޏެވެ.
މި ހާދިސާގައި ބަނދަރުގައި އަޅާފައި އޮތް އާންމު މަސްވެރިކަންކުރާ ދެ ދޯންޏެއްގައާއި ފަރުމަސްވެރިކަންކުރާ އެއް ދޯނީގައިވެސް ރޯވި އިރު ދިވެއްސަކުވެސް ފިހުނެވެ. ނަމަވެސް އޭނާއަށް މާބޮޑު އަނިޔާތަކެއް ނުލިބެ އެވެ












