Saturday, 24 October 2026
Ads by

އެމްޓީސީސީން ޓެކްސީ ކުރުމަކީ ޓެކްސީ ވިޔަފާރީގެ ތެރެއަށް ވަނުމެއް ނޫން: ވަޒީރު ސަޢީދު

އެމްޓީސީސީން ޓެކްސީ ކުރުމަކީ ޓެކްސީ ވިޔަފާރީގެ ތެރެއަށް ވަނުމެއް ނޫން: ވަޒީރު ސަޢީދު

ސަރުކާރުން އަލަށް ތަޢާރަފުކުރުމަށް ނިންމާފައިވާ ޓެކްސީ ލައިންގެ ޚިދުމަތަކީ އަމިއްލަ ޓެކްސީ ވިޔަފާރިތަކުގެ ތެރެއަށް ވަނުން ނޫން ކަމަށާއި، އޭގެ ބަދަލުގައި އެއީ ރައްޔިތުންނަށް ދޭ އަސާސީ ޚިދުމަތެއްގެ ފެންވަރު ރަނގަޅުކުރުމަށް ކުރާ މަސައްކަތެއް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސަރުކާރުން ޓެކްސީ ލައިނެއް ތަޢާރަފުކުރުމަކީ އަމިއްލަ ވިޔަފާރިތަކަށް އޮތް ހުރަހެއްތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެއީ މުޅިއަކުން އެހެން އޮތް ކަމެއް ނޫން ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތެއް އެންމެ އެކަށީގެންވާ ކޮލިޓީގައި ފޯރުކޮށްދިނުމަށް މަގުދެއްކުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

”ސަރުކާރުން އެ މަސައްކަތް ކުރަނީ އަސާސީ ޚިދުމަތެއް ރައްޔިތުން ބޭނުންވާ ފެންވަރަށް ގެނެވޭތޯ. އަދި ސަރުކާރުން ނުބުނޭ ކުރިމަގުގައި އެކަން ގެންދާނެ ދާއިމީ އިންތިޒާމަކީ ކޮބައިކަމެއް،“ ވަޒީރު ސަޢީދު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، މިވަގުތު ސަރުކާރުން ނިންމާފައިވަނީ އެމްޓީސީސީ މެދުވެރިކޮށް، ރައްޔިތުން ބަލައިގަންނަ ފަދަ ވަކި މިންގަނޑުތަކެއްގެ ތެރެއިން މި ޚިދުމަތް ފެށުމަށެވެ. އަދި މިކަމުގެ ސަބަބުން ޓެކްސީގެ ޚިދުމަތަށް އާ ގޮތްތަކާއި އާ އީޖާދުތައް ތަޢާރަފުވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޓެކްސީގެ ޚިދުމަތް ދިނުމުގައި ހުރި ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ކޮންމެ ބަޔަކު މި ޚިދުމަތް ފެށިކަމުގައިވިޔަސް ރަނގަޅުކުރަންޖެހޭ ކަންތައްތަކެއް ހުންނާނެ ކަމަށެވެ. އޭގެ ތެރޭގައި ފޯނު ކޯލްތަކަށް ޖަވާބުދިނުމާއި، ދަތުރުތަކަށް ބަރާބަރަށް އެޓެންޑްވުމާއި، އަދި ޑްރައިވަރުން ފަސިންޖަރުންނާ މުޢާމަލާތްކުރާއިރު ރީތި އަޚުލާޤެއް ގެންގުޅުން ފަދަ ކަންކަން ހިމެނޭކަން އޭނާ ފާހަގަކުރެއްވިއެވެ.

ވަޒީރު ސަޢީދު ވިދާޅުވި ގޮތުގައި، އެމްޓީސީސީން މި ޚިދުމަތުގެ ތެރެއަށް ވަންނަނީ ވިޔަފާރިއެއްގެ ގޮތުގައި އަމިއްލަ ފަރާތްތަކާ ވާދަކުރުމުގެ ބަދަލުގައި، ޚިދުމަތުގެ ފެންވަރު މަތިކޮށް ރަނގަޅު ނަމޫނާއެއް ދެއްކުމުގެ މަޤްޞަދުގައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި