Ads by
ޚަބަރު
ރައީސް ޞާލިޙް އަޅުގަނޑުމެން އެންމެންގެ ހިތްތައް ފަތަހަ ކޮށްފި: މާރިޔާ

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އަޅުގަނޑުމެން އެންމެންގެ ހިތްތައް ފަތަހަ ކޮށްފައިވާ ކަމަށް ޑިފެންސް މިނިސްޓަރު އަދި ރައީސް ޞާލިޙްގެ ކެމްޕެއިން ތަރުޖަމާން މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

Ads by Eki Online

ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި ރައީސް ޞާލިޙްގެ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ ރަށްޔިތުންގެ ތަކުލީފް ތަކާއި ދަތިތަކަށް ހައްލު ހޯދައިދޭނެ ހަރުދަނާ ދުރު ވިސްނޭ ރައީސަކީ ރައީސް ޞާލިޙް ކަމަށެވެ. އަދި އެންމެންގެ ހިތްތައް ރައީސް ޞާލިޙް ފަތަހަކޮށްފައިވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

“ކުޑައެއް ބޮޑެއް، އަންހެނެއް ފިރިހެނެއް، ޒުވާނެއް މުސްކުޅިއެއް ބަލާނެ ކަމެއް ނެތް. ހަމަހަމަ ހަގީގަތުގައިވެސް އަޅުގަނޑުމެން އެންމެގެ ހިތްތައް ފަތަހަ ކުރައްވައިފި” މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ދެހާސް ބާރައިން ފެށިގެން ނޮވެމްބަރު 2018 އަށް ވަޒީރެއްގެ ގޮތުގައި ހުރެ، އަދި މިހާރު މާލެ މޭޔަރަކަށް ހުރެ، އަޅުގަނޑުމެންގެ ވާދަވެރި ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ހިންގާފަވާ ޖަރީމާތައް މާލޭގަ ދިރިއުޅޭ ރައްޔިތުންނަށް ރަގަޅަށް އެނގޭނެ ކަމަށެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *