Sunday, 27 September 2026
Ads by

ހުޅުމާލޭ ސަހަރާ މިސްކިތް ހުރި ބިމަށް މޯޗަރީ ބަދަލުކުރަނީ

ހުޅުމާލޭ ސަހަރާ މިސްކިތް ހުރި ބިމަށް މޯޗަރީ ބަދަލުކުރަނީ

މާލެ ސިޓީގައި ހުންނަ މޯޗަރީ--- ފޮޓޯ: މިހާރު

މާލެ ސިޓީ ގަލޮޅު އަވަށުގައި ހުންނަ މޯޗަރީ، ހުޅުމާލޭ ސަހަރާ މިސްކިތް ހުރި ބިމަށް ބަދަލުކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

Ad Image
Ads by

މިކަމާ ގުޅިގެން ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، ގަލޮޅު މޯޗަރީ މިހާރު ހުރި ބިމުން ހުޅުމާލޭ ސަހަރާ މިސްކިތް ހުރި ބިމަށް ބަދަލުކުުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ބޭނުންވާ ކަމަށެވެ.

މިކަމާ ގުޅޭ މައުލޫމާތު ސާފުކުރުން މި މަހުގެ 10 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގައި މާލޭ ސިޓީ ކައުންސިލުގެ ހޯލުގައި އޮންނާނެއެވެ. މީގެ އިތުރުން މަސައްކަތުގެ އަގު ހުށަހެޅުން އޮންނާނީ މި މަހުގެ 14 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:30 ގައި ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

ގަޑިއަށް މައުލޫމާތު ސާފުކުރުމަށް ނުދާ ފަރާތްތަކާއި ގަޑި ޖެހުމަށްފަހު އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަންނާނެކަން ފާހަގަކުރަމުން ސިޓީ ކައުންސިލުން ބުނެފައިވަނީ، މަސައްކަތުގެ އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނިތަކާއި ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ.

ގަލޮޅު މޯޗަރީ މިހާރު ހުރި ސަރަހައްދުން އެހެން ސަރަހައްދަކަށް ބަދަލުކުރަން ނިންމީ އެތަނުގެ ކެޕޭސިޓީ އިތުރު ކުރުމަށް ކަމަށް ސިޓީ ކައުންސިލުން ވަނީ މީގެ ކުރިން ބުނެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-09-26T083407
ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ދައުވާތަކުގައި ޓިކްޓޮކުން އެމެރިކާގެ އެލަބާމާއާއެކު ސުލްހައިގެ ފުރަތަމަ އެއްބަސްވުން ގާއިމުކޮށްފި
DSC_8864
ދަރަނި އަދާކޮށް، އަސާސީ ހިދުމަތްތައް ގާއިމުކުރުމުން އިންވެސްޓަރުންގެ އިތުބާރު ލިބޭ: ރައީސް މުޢިއްޒު
marine tech ukulhas
މެރިން ޓެކް ޓްރެއިނިންގް ޕްރޮގްރާމް އއ. އުކުޅަހުގައި ފަށައިފި
download - 2026-09-26T115209
ބިން ހިއްކުމުގެ މަޝްރޫޢުތައް އަވަސްކުރަން އެމްޓީސީސީއަށް ބޮޑު އާ ޑްރެޖަރެއް ގެންނަނީ
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި