Sunday, 26 July 2026
Ads by

ބޮމުގެ ހަމަލާގައި ހަށިގަނޑަށް ލިބުނު ގެއްލުންތައް މިހާރު އެއްކޮށް ފަސޭހަވެއްޖެ: ނަޝީދު

ބޮމުގެ ހަމަލާގައި ހަށިގަނޑަށް ލިބުނު ގެއްލުންތައް މިހާރު އެއްކޮށް ފަސޭހަވެއްޖެ: ނަޝީދު

ކުރީގެ ރައީސް މުޙައްމަދު ނަޝީދު---

މީގެ ފަސް އަހަރު ކުރިން 2021 ވަނަ އަހަރު، ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާތަކުގައި ހަށިގަނޑަށް ލިބުނު ގެއްލުންތައް މިހާރު އެއްކޮށް ފަސޭހަވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

އެ ހަމަލާއަށް ފަސް އަހަރު ފުރުމާއި ގުޅިގެން މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، ހަމަލާގައި ހަށިގަނޑަށް ލިބުނު ގެއްލުންތައް ފަސް އަހަރުދުވަހުގެ ތެރޭގައި އެއްކޮށް ފަަސޭހަވާނެ ކަމަށް ފަރުވާ ދެއްވި ޑޮކްޓަރުުން ވިދާޅުވި ކަމަށެވެ. އަދި އެގޮތަށް އެކަން މެދުވެރިވެފައިވާތީ މާތްﷲ ޝުކުރުވެރިވާ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

2021 ވަނަ އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހު ނަޝީދަށް އަމާޒުކޮށް ދިން މި ހަމަލާއާއި ގުޅިގެން ހަ މީހެއްގެ މައްޗަށް ދައުވާކޮށްފައިވެއެވެ. އެ މީހުންނަކީ:

  • އިސްޙާޤު، މއ. ކުދެހިގެ / ކ. މާލެ
  • މުޖާޒު އަޙްމަދު، މއ. ފޭރުގެ / ކ. މާލެ
  • ތަހުމީން އަޙްމަދު، ފޮޅޭމާ / ގއ. ކޮނޑޭ
  • ޢަލީ ހައިޝަމް، ނޫރީގެ / ނ. މަނަދޫ
  • ފަހުމީ ޢަލީ، ހުދުރުވާގެ / ގއ. ވިލިނގިލި
  • މުޙައްމަދު ނާޒިމް، އަސަރީގެ / އއ. މާޅޮސް

މި ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި އަޙްމަދު އަދުހަމް ކުށަށް އިއުތިރާފްވެފައިވާތީ އޭނާގެ މައްޗަށް ވަނީ 23 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ.

މި ހަމަލާއާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލުން އަދި ރާއްޖެއިން ބޭރުން ވެސް ނަޝީދު ފަރުވާ ހޯއްދެވިއެވެ. މީގެ އިތުރުން ފުރާނަ ސަލާމަތްކުރުމަށްޓަކައި ބޮޑެތި އޮޕަރޭޝަންތަކެއް ކުރަންޖެހުނުކަން ފާހަގަކުރައްވަމުން އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރު ޢަބްދުﷲ ނިޔާފް ވިދާޅުވީ، ނަޝީދަށް ފަރުވާދެމުން ދަނިކޮށް އެމަނިކުފާނުގެ ވިންދު ވެސް ހުއްޓުނު ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި