Wednesday, 9 September 2026
Ads by

މެޓަރނިޓީ ލީވްގެ ސަބަބުން ޕްރޮމޯޝަން ނުލިބޭ މައްސަލައިގައި ސީއެސްސީ މަޖިލީހަށް ހާޒިރުކުރަނީ

މެޓަރނިޓީ ލީވްގެ ސަބަބުން ޕްރޮމޯޝަން ނުލިބޭ މައްސަލައިގައި ސީއެސްސީ މަޖިލީހަށް ހާޒިރުކުރަނީ

ޕެޓިޝަން ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ވިހެއުމާއި ގުޅިގެން ލިބޭ ޗުއްޓީ ނެގުމުގެ ސަބަބުން، މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން ނުލިބޭ މައްސަލައާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ސިވިލް ސަރވިސް ކޮމިޝަން ހާޒިރުކޮށް، އެ ކޮމިޝަނާ ސުވާލުކުރުމަށް ނިންމައިފިއެވެ.

Ad Image
Ads by

ރައްޔިތުންގެ މަޖިލީހަށް ސިވިލް ސަރވިސް ކޮމިޝަން ހާޒިރުކޮށް ސުވާލުކުރަން ނިންމާފައި މިވަނީ، ވިހެއުމާއި ގުޅިގެން ލިބޭ ހަމަސްދުވަހުގެ ޗުއްޓީ ނެގުމުގެ ސަބަބުން، މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން ލިބުމުގައި ހުރަސްތަކެއް ކުރިމަތިވާތީ ނުވަތަ ވަޒީފާގެ ކުރިއެރުން ނުލިބޭތީ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ހުށަހަޅާފައިވާ ޕެޓިޝަނަކާއި ގުޅިގެންނެވެ.

ޕެޓިޝަން ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މަޑަވެލި ދާއިރާގެ މެންބަރު މުޙައްމަދު ޝަމީޒު ވަނީ، ސިވިލް ސަރވިސް ވަޒީފާ އަދާކުރާ މުވައްޒަފުން ހަމަސްދުވަހުގެ ޗުއްޓީއެއް ނެގުމުން، ވަޒީފާގެ ކުރިއެރުން ނުލިބޭ މައްސަލައަކީ އިންތިހާއަށް ކަންބޮޑުވާ މައްސަލައެއްކަން ފާހަގަކުރައްވައިފައެވެ. އެހެންކަމުން މިކަމުގައި ސިވިލް ސަރވިސް ކޮމިޝަން ހާޒިރުކޮށްގެން އެ މުއައްސަސާގެ ބަހެއް ހޯދަން މެންބަރު ޝަމީޒް ވަނީ ހުށަހަޅުއްވައިފައެވެ.

މެންބަރު ޝަމީޒުގެ މި ހުށަހެޅުއްވުން ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ވަނީ ފާސްވެފައެވެ.

މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ހަތް މެންބަރެކެވެ. މި ހަތް މެންބަރުން ވެސް ވަނީ ރައްޔިތުންގެ މަޖިލީހަށް ސިވިލް ސާވިސް ކޮމިޝަން ހާޒިރުކޮށްގެން މިކަމާ ގުޅޭގޮތުން ސުވާލުކުރުމަށް ފެންނަ ކަމަށް ވޯޓުދީފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި