Sunday, 26 July 2026
Ads by

ޕީއެންސީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ލަމްޢާން އައްޔަނުކުރައްވައިފި

ޕީއެންސީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ލަމްޢާން އައްޔަނުކުރައްވައިފި

ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އިދާރީ އޮނިގަނޑު ހަރުދަނާކުރުމުގެ ގޮތުން، އެ ޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މުޙައްމަދު ލަމްޢާން އައްޔަނުކުރައްވައިފިއެވެ.

Ad Image
Ads by

ޕީއެންސީގެ ފަރާތުން ހާމަކުރި ގޮތުގައި، ލަމްޢާން މި މަޤާމަށް އައްޔަނުކުރެއްވީ ޕާޓީގެ ހިންގުން އިތުރަށް ހަލުވިކޮށް، ސިޔާސީ މަސައްކަތްތައް ވަރުގަދަކުރުމުގެ މަޤްޞަދުގައެވެ. މި އައްޔަނުކުރެއްވުމާ ގުޅިގެން ޕާޓީގެ ލީޑަރޝިޕާއި މެންބަރުންގެ ފަރާތުން ލަމްޢާނަށް ވަނީ އިޚްލާޞްތެރި ތަހުނިޔާއާއި ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

ލަމްޢާން އަކީ މި ސަރުކާރުގެ އިދާރީ އަދި ހިންގުމުގެ ދާއިރާގައި އިސް މަޤާމުތަކެއް ފުރުއްވަމުން ގެންދަވާ ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން، މި ސަރުކާރު އައިފަހުން އެމް.އޭ.ސީ.އެލްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމު އޭނާ ވަނީ ފުރުއްވާފައެވެ. މީގެ އިތުރުން، މިހާރު ލަމްޢާން އަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް)  ޑެޕިއުޓީ ސީ.އީ.އޯ އަދި ބޯޑުގެ އެކްޒެކެޓިވް ޑިރެކްޓަރެވެ.

ޕާޓީން ބުނެފައިވަނީ ލަމްޢާން ފަދަ ޤާބިލު އަދި ތަޖުރިބާކާރު ބޭފުޅަކު ސެކްރެޓޭރިއަޓުގެ އިސް މަޤާމަކަށް އައްޔަނުކުރެވުމަކީ ޕާޓީގެ ކުރިމަގަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. ޚާއްޞަކޮށް ސަރުކާރުގެ ސިޔާސަތުތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގައާއި، ޕާޓީގެ އިދާރީ މަސައްކަތްތައް ތަރުތީބުކުރުމުގައި އޭނާގެ ދައުރު ބޮޑުވާނެ ކަމަށް ޕާޓީން ދެކެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްކޮށް ހުންނަވައިގެން ހިންގަވާ ޕީއެންސީއަކީ މިހާރު ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ. އެ ޕާޓީގެ ޗެއަރޕާސަންގެ މަޤާމު ފުރުއްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ. އަދި ތަރުޖަމާނަކަށް ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީގެ މަޤާމްވެސް ފުރުއްވަމުން ގެންދަވާ ފިރުޒުލް އައްޔަނުކޮށްފައިވާއިރު، އެސްޖީއަކަށް އައްޔަނުކުރީ މޫސާ ފަތުހީއެވެ. ޕާޓީގެ ހިންގުމަށް އެގެނެވުނު ބަދަލާއެކު، ކުރިއަށް އޮތް ތަނުގައި ޕާޓީގެ ހަރަކާތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށް ޕީއެންސީން ދެކެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި