Wednesday, 22 July 2026
Ads by

މުޖުތަމަޢެއް ކުރިއެރުމުގައި އަންހެނުންނާއި ފިރިހެނުންގެ ހިއްސާ އެއްހަމައެއްގައި ހުރުން މުހިންމު: ފަސްޓް ލޭޑީ

މުޖުތަމަޢެއް ކުރިއެރުމުގައި އަންހެނުންނާއި ފިރިހެނުންގެ ހިއްސާ އެއްހަމައެއްގައި ހުރުން މުހިންމު: ފަސްޓް ލޭޑީ

ރައީސްގެ އަނބިކަނބަލުން އަދި ޗީފް ގައިޑް ސާޖިދާ މޯލްޑިވްސް ގަރލް ގައިޑްސް އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަނީ - ފޮޓޯ:ރައީސް އޮފީސް

މުޖުތަމަޢެއް ކުރިއެރުމުގައި އަންހެނުންނާއި ފިރިހެނުންގެ ހިއްސާ އެއްހަމައެއްގައި ހުރުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މިއަދު ހަވީރު ކަސްޓަމްސްގެ ހޯލުގައި ބޭއްވި މޯލްޑިވްސް ގަރލް ގައިޑްސް އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާ 2023 ގައި ރައީސްގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، މުޖުތަމަޢެއް ނުވަތަ ޤައުމެއްގެ ކުރިއެރުމުގައި އަންހެނުންނާއި ފިރިހެނުންގެ ހިއްސާ އެއްހަމައެއްގައި ހުރުމުގެ މުހިންމުކަން ހާމަކުރެއްވިއެވެ. އަދި އެގޮތުގައި ކުރިއަށް ދިއުމަށް އަންހެނުންނަށް ތަފާތު ހުނަރުތަކާއި ތަމްރީނުތައް ލިބެން ޖެހޭ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ގަރލް ގައިޑުގެ ހަރަކާތުން ދަސްކޮށްދޭ ހުނަރުތަކާއި ޢިލްމުތަކާއި އަށަގަންނަ ކެރުމާއި ހިތްވަރާއި މުރާލިކަމުގެ ނަތީޖާއަކީ މިއަދުވެސް ރާއްޖޭގެ ޒިންމާދާރު، މަތީ ފެންވަރުގެ އެތައް މަޤާމެއްގައި ތިބީ ގަރލް ގައިޑު އެސޯސިއޭޝަނުގެ ދަސްވެނިވެފައިވާ ފަރާތްތައް ކަމަށްވުން ކަމުގައި ރައީސްގެ އަނބިކަނބަލުން ފާހަގަކުރެއްވިއެވެ.

މި ޖަލްސާގައި އެކަމަނާ ވަނީ ގައިޑް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނަރގެ ސެޓްފިކެޓާއި އޭޝިއާ ޕެސިފިކް ރީޖަނަލް އެވޯޑް އަދި ޓްރެއިނަރސް ލެވެލްގެ ބްރޮންޒް ޕާމް ލިބިވަޑައިގެންނެވި ފަރާތްތަކަށް ހަނދާނީ ލިޔުމާއި ބެޖް ހަވާލުކޮށްދެއްވާފައެވެ.

މި ޖަލްސާގައި ގަރލް ގައިޑް އެސޯސިއޭޝަނުގެ 2023 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި މާލީ ބަޔާން އިއްވުން އަދި 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓް އިއްވުން އޮތެވެ. އަދި ގަރލް ގައިޑް އެސޯސިއޭޝަނުގެ ފަރާތުން ރައީސްގެ އަނބިކަނބަލުން އަދި ޗީފް ގައިޑަށް ހަނދާނީ ފިލައެއް އެރުވުންވެސް މި ޖަލްސާގައި އޮތެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
large_178472616458x5rQ
ސަރުކާރުގެ ތިން ކުންފުންޏެއްގެ ބޯޑަށް މެންބަރުން އައްޔަންކޮށްފި
shaheem miskiy
އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ހުޅުމާލޭގެ ވަގުތީ މިސްކިތްތައް އުވާލައި ދާއިމީ މިސްކިތްތައް ހުޅުވުން: ވަޒީރު
IMG_6491
ޓީ.ޖީ.އެސް.ޓީގެ އާމްދަނީ 6.7 ބިލިއަނަށް: ދައުލަތުގެ ޖުމްލަ އާމްދަނީއަށް ބޮޑު ކުރިއެރުމެއް
20260722_131340
އިންޑިއާގެ "ކޮކްރޯޗު ޖަންތާ ޕާޓީ" ކުރި މުޒާހަރާ ފުލުހުންގެ މުގުރާއި ކަރުނަގޭހުން ރޫޅާލާ، 400 އަށްވުރެ ގިނަ ދަރިވަރުން ހައްޔަރުކޮށްފި
Ads by
މަގުބޫލު
20260717_114850
އީރާނުގެ ކަރަންޓު ނެޓްވޯކްތައް ހަލާކުކޮށްލާނެ ކަމުގެ އިންޒާރު ޓްރަމްޕް ދީފި، ހަނގުރާމައިގެ ޚަރަދު 80 ބިލިއަނަށް!
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
ekim
2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ އެންމެ ފަޚުރުވެރި ވަނަތަކަށް ވާދަކުރަނީ ކޮން ކުޅުންތެރިންނެއް؟
20260717_114850
އީރާނުގެ ކަރަންޓު ނެޓްވޯކްތައް ހަލާކުކޮށްލާނެ ކަމުގެ އިންޒާރު ޓްރަމްޕް ދީފި، ހަނގުރާމައިގެ ޚަރަދު 80 ބިލިއަނަށް!
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
ekim
2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ އެންމެ ފަޚުރުވެރި ވަނަތަކަށް ވާދަކުރަނީ ކޮން ކުޅުންތެރިންނެއް؟