Sunday, 27 September 2026
Ads by

ޔާމީނުގެ ޕީއެންއެފްއިން ކުރިއަށްގެންދާ ބޭއަދަބީ މުޒާހަރާތައް ހުއްޓުވަން މަޖިލީހަށް ގަރާރެއް

ޔާމީނުގެ ޕީއެންއެފްއިން ކުރިއަށްގެންދާ ބޭއަދަބީ މުޒާހަރާތައް ހުއްޓުވަން މަޖިލީހަށް ގަރާރެއް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެެންއެފް) އިން ސިޔާސީ ޕާޓީތަކުން ގެންގުޅެން ޖެހޭ އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ކުރަމުން އަންނަ މުޒާހަރާތަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

Ad Image
Ads by

ވެރިކަން ކުރާ ޕާޓީ ޕީއެންސީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މި ގަރާރު ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދެވެ. މި ގަރާރުގައި ބަޔާންކޮށްފައިވާ ގޮތުގައި، ގާނޫނުއަސާސީން ކޮންމެ ދިވެހި ރައްޔިތަކަށް، ފިކުރުކުރުމާއި ހިޔާލު ފާޅުކުރުމާއި ސިޔާސީ ޕާޓީ އުފައްދައި ހަރަކާތްތެރިވުމުގެ ހައްގު ދީފައިވަނީ އިސްލާމްދީނުގެ ރިވެތި އުސޫލުތަކާ އެއްގޮތަށް، އެހެން މީހުންގެ އަބުރަށް އިހުތިރާމުކޮށް، ގައުމީ މަސްލަހަތު އިސްކޮށްގެން ކަމަށެވެ.

މީގެ އިތުރުން، ސިޔާސީ ޕާޓީގެ ގާނޫނުގެ 45 ވަނަ މާއްދާއާއި ހިލާފަށް، ބައެއް ސިޔާސީ ޕާޓީތަކުން ސިޔާސީ ހަރަކާތްތައް ހިންގައި، މަސްލަހަތު ނަގާލައި ގާނޫނުގައި ކަނޑައަޅައިފައިވާ އުސޫލުތަކާއި ހިލާފަށް ހަރަކާތްތައް ހިންގަމުންދިޔުމުގެ ސަބަބުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އެކަމުގެ ސަބަބުން ދަތިވާކަމަށް މި ގަރާރުގައި ބަޔާންކޮށްފައިވެއެވެ. ހަމައެހެންމެ މިފަދަ ހަރަކާތްތައް ހުއްޓުވައި, ހަރަކާތްތައް ހިންގާ ފަރާތްތަކާއި މެދު ހަރުކަށި ފިޔަވަޅު އެޅުމަށް މި ގަރާރުގައި ވަނީ ގޮވާލައިފައެވެ.

 

ޕީއެެންއެފްއިން ގާނޫނީ އިމުގެ ބޭރުން މުޒާހަރާތަކާއި އެއްވުންތައް ބާއްވަމުން އަންނާތީ އެ ޕާޓީއާއި މެދު ފިޔަވަޅުއަޅާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވެސް ވަނީ ބުނެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-09-26T083407
ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ދައުވާތަކުގައި ޓިކްޓޮކުން އެމެރިކާގެ އެލަބާމާއާއެކު ސުލްހައިގެ ފުރަތަމަ އެއްބަސްވުން ގާއިމުކޮށްފި
DSC_8864
ދަރަނި އަދާކޮށް، އަސާސީ ހިދުމަތްތައް ގާއިމުކުރުމުން އިންވެސްޓަރުންގެ އިތުބާރު ލިބޭ: ރައީސް މުޢިއްޒު
marine tech ukulhas
މެރިން ޓެކް ޓްރެއިނިންގް ޕްރޮގްރާމް އއ. އުކުޅަހުގައި ފަށައިފި
download - 2026-09-26T115209
ބިން ހިއްކުމުގެ މަޝްރޫޢުތައް އަވަސްކުރަން އެމްޓީސީސީއަށް ބޮޑު އާ ޑްރެޖަރެއް ގެންނަނީ
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި