Wednesday, 9 September 2026
Ads by

ޕާކިސްތާނުގެ ކައުންޓަރ ޓެރަރިޒަމް ޑިޕާޓްމަންޓުން ނޫސްވެރިޔާ މުޙައްމަދު ސަޢްދު ހައްޔަރުކުރުން، ވީކިހިނެއް؟

ޕާކިސްތާނުގެ ކައުންޓަރ ޓެރަރިޒަމް ޑިޕާޓްމަންޓުން ނޫސްވެރިޔާ މުޙައްމަދު ސަޢްދު ހައްޔަރުކުރުން، ވީކިހިނެއް؟

ނޫސްވެރިޔާ މުޙައްމަދު ސަޢްދުގެ ފޮޓޮއެއް

ޕާކިސްތާނުގެ ކައުންޓަރ ޓެރަރިޒަމް ޑިޕާޓްމަންޓުން ވަނީ ‘އަލްޤާޢިދާ‘ އަށް މީހުން ރެކްރޫޓްކުރާ ކަމުގެ ތުހުމަތުގައި ނޫސްވެރިޔާ އަދި އެކްޓިވިސްޓު މުޙައްމަދު ސަޢްދު ހައްޔަރުކޮށްފައެވެ. އެޑިޕާޓްމަންޓުން ބުނެފައިވަނީ ސަޢްދު ހައްޔަރުކުރީ މިއަހަރުގެ މާރިޗު 27 ވަނަ ދުވަހު ލާހޫރުގެ މަސްޖިދު ޙަނަފިއްޔާ ގޫސިއްޔާގައި މަނާ ލިޔުންތައް ބަހައި، ހަރުކަށި ފިކުރު ފަތުރަމުން ދަނިކޮށެވެ.

Ad Image
Ads by

ނަމަވެސް ސާދުގެ އާއިލާއިން ބުނާ ގޮތުގައި، މޫނު ނިވާކޮށްގެން ތިބި ހަތިޔާރު އެޅި ބަޔަކު ރޭގަނޑު ވަގުތެއްގައި ލާހޫރުގައި ހުންނަ އޭނާގެ ގެއަށް ވަދެ، އެއްވެސް ކޯޓު އަމުރެއް ނުވަތަ ދައުވާއެއް ނެތި، އަދި ޤާނޫނީ އިޖުރާއަތްތަކާ ޚިލާފަށް އޭނާ ވަނީ ގެންގޮސްފައެވެ.

ޕާކިސްތާނުގެ ކައުންޓަރ ޓެރަރިޒަމް ޑިޕާޓްމަންޓުން ވަނީ ސަޢްދު އަކީ އަލްޤާޢިދާގެ މެންބަރެއް ކަމަށާއި އޭނާ އެ ޖަމާއަތަށް މީހުން އިތުރުކުރަން މަސައްކަތް ކުރި ކަމަށް ބުނެ، އެންޓި-ޓެރަރިޒަމް އެކްޓްގެ ދަށުން އޭނާއާ ދެކޮޅަށް މައްސަލަ ރަޖިސްޓްރީކޮށްފައެވެ.

ސަޢްދު އަންހެނުން، އައިޝާ އަބްދުލް ޤައްޔޫމް ވަނީ ކައުންޓަރ ޓެރަރިޒަމް ޑިޕާޓްމަންޓުން ކޮށްފައިވާ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށް ބުނެ އެކަން ދޮގުކޮށްފައެވެ. ސޯޝަލް މީޑިއާގައި އޭނާ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މި މައްސަލައަކީ ”ޣައިރު ގާނޫނީ އަމަލެއް ކަމަށާއި، އިންސާފުގެ މިންގަނޑުތަކާ ކަނޑައެޅިގެން ޚިލާފު، އަދި ނުބައި ނިޔަތެއްގައި ހިންގާފައިވާ ކަމެއް“ ކަމަށެވެ.

އިއްޔެ ސަޢްދު އެންޓި-ޓެރަރިޒަމް ކޯޓަށް ހާޒިރުކުރެވުނު އިރު، ޕާކިސްތާނުގެ ކައުންޓަރ ޓެރަރިޒަމް ޑިޕާޓްމަންޓާއި ޕްރޮސެކިއުޝަނަށް އިތުރު އެއްވެސް ހެއްކެއް ހުށަހެޅިފައި ނުވާތީ، އޭނާ މިހާރު ވަނީ ޖުޑީޝަލް ރިމާންޑަށް ފޮނުވާލާފައެވެ.

އައިޝާ ކުރި ޓުވީޓެއްގައި ބުނެފައިވަނީ، ”މީގެ ކުރިން ސަޢްދުގެ ފައިގެ އެއްވެސް މައްސަލައެއް ނެތް ނަމަވެސް ކޯޓަށް ހާޒިރުކުރި ވަގުތު އޭނާ ހުރީ ކޮރަމުން ކަމަށާއި ފައިގައި ވަރަށް ބޮޑަށް ރިއްސަމުންދާ ކަމަށެވެ. މީގެ ސަބަބުން ކައުންޓަރ ޓެރަރިޒަމް ޑިޕާޓްމަންޓުގެ އޮފިޝަލުން އޭނާއަށް އަނިޔާކޮށްފައިވާ ކަމުގެ ޝައްކު އުފެދޭ“ ކަމަށެވެ. އަދި ”ސަޢްދުގެ ވާތްފަރާތު އަތުގައި އަނިޔާގެ ނިޝާންތައް ފެންނަން ހުރި“ ކަމަށްވެސް އޭނާ އިތުރަށް ބުނެފައިވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި