Wednesday, 9 September 2026
Ads by

މަޖިލިސް މެންބަރުކަމަކީ އަބުރަށް އަރައިގަންނަން ލިބޭ ”ލައިސަންސެއް“ ނޫން: އަލީ މޫސާ

މަޖިލިސް މެންބަރުކަމަކީ އަބުރަށް އަރައިގަންނަން ލިބޭ ”ލައިސަންސެއް“ ނޫން: އަލީ މޫސާ

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ވުމަކީ ނުވަތަ މަޖިލީހުގެ ޗެމްބަރުގެ ތެރޭގައި ހުރުމަކީ އަނެެއް އިންސާނާގެ އަބުރަށް އަރައިގަތުމަށް ލިބޭ ލައިސަންސެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަލީ މޫސާ ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދެއްކެވި މެންބަރު އަލީ މޫސާ ވިދާޅުވީ، މަޖިލީހުގެ ގަވާއިދަށް ނުވަތަ ގާނޫނު އަސާސީއަށް އިސްލާހު ގެނެސްގެން ނަމަވެސް، މަޖިލިސް ޗެމްބަރު ތެރޭގައި މީހެއްގެ އަބުރަށް އަރައިގަންނަ މެންބަރުންނާ މެދު ޖިނާއީ ދައުވާ ކުރެވޭނެ ނިޒާމެއް ގާއިމުކުރަން ޖެހޭ ކަމަށެވެ.

”އަޅުގަނޑުމެންނަކީ އިސްލާމުން ކަމަށް ވެފައި، އިސްލާމްދީނުގެ ހަމަތައް ގަބޫލުކުރާ ބަޔަކަށް ވާހިނދު، އިސްލާމްދީނުގެ ހަމަތަކާއި ގާނޫނުތަކާއި އުސޫލުތަކަށް އަޅުގަނޑުމެން ތަބާވާން ޖެހޭނެ. ދިވެހިރާއްޖޭގެ ގާނޫނުއަސާސީން ލިބިދޭ ވާހަކަދެއްކުމުގެ މިނިވަންކަމަކީ އެހެން މީހުންގެ އަބުރަށް އަރައިގަތުމަށް އޮތް ފުރުސަތެއް ނޫން،“ އަލީ މޫސާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މަޖިލިސް މެންބަރެއް ކަމަށް ވިޔަސް، ނޫސްވެރިއެއް ކަމަށް ވިޔަސް، ނުވަތަ ދިވެހި ކޮންމެ ރައްޔިތަކަށް ވިޔަސް، އަނެކާގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް ވާހަކަދެއްކުމުގެ އިހްތިޔާރެއް ލިބިގެން ނުވެއެވެ. އަދި ސިޔާސީ ޕާޓީތަކުގެ މައިގަނޑު މަގްސަދަކީ ރައްޔިތުންނަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ހައްލުކޮށްދީ، ގައުމަށް ތަރައްގީ އާއި ކުރިއެރުން ގެނެސްދިނުން ކަމުގައި ވީ ނަމަވެސް، މިއަދު ފެންނަމުންދަނީ އެއާ ހިލާފު މަންޒަރުތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އަލީ މޫސާގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، އިންސާނާގެ އަބުރާއި ކަރާމާތް ގެއްލޭ ގޮތަށް މަޖިލީހުގެ ތެރެއިން އެއްވެސް މެންބަރަކަށް ފުރުސަތު ނުދެވޭނެ ކަމަށާއި، މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނެސްގެން ނަމަވެސް އެފަދަ ކަންކަން ހުއްޓުވަން ޖެހޭ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި