Wednesday, 30 April 2025
Ads by

ރަށުގެ ރައްޔިތުންނަށް މުހިންމު ކަންކަން ތުރާކުނު ކައުންސިލުން ރައީސް އާ ހިއްސާކުރައްވައިފި

ރަށުގެ ރައްޔިތުންނަށް މުހިންމު ކަންކަން ތުރާކުނު ކައުންސިލުން ރައީސް އާ ހިއްސާކުރައްވައިފި

ރައީސް މުޢިއްޒު ތުރާކުނު ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވުން - ފޮޓޯ:ރައީސް އޮފީސް

ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލުން ރަށުގެ ރައްޔިތުން ބޭނުންވާ ކަންކަމާއި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާ ހިއްސާކުރައްވައިފިއެވެ.

Ad Image
Ads by MN Maldives

ރައީސް، ތުރާކުނު ކައުންސިލާ ބައްދަލުކުރައްވާފައި ވަނީ މިއަދު ހަވީރު އެ ރަށު ސްކޫލުގައެވެ.

މި ބައްދަލުކުރެއްވުމުގައި ތުރާކުނު ކައުންސިލުން ވަނީ ރަށުގައި ޒަމާނީ ފެންވަރަށް މަގު ހެދުމަށް ބޭނުންވާ ކަމަށާއި ދިވެހިރާއްޖޭގެ އިސްލާމީ ބިނާއެއް ރަށުގައި ގާއިމުކުރުމަށް ބޭނުންވާ ކަމަށާއި ކުޅިވަރުގެ ދާއިރާއިން ޒުވާނުން ބޭނުންވާ ކަންކަން ހިއްސާކުރައްވާފައެވެ. އަދި ތުރާކުނު ކައިރީގައި އޮންނަ ވަނގާރު އެ ރަށުގެ އިހުތިސާސުގެ ތެރެއަށް ލުމަށް ބޭނުންވާ ކަމަށާއި ކައުންސިލް އިދާރާ އާއި ސްކޫލުގެ ޖާގައިގެ ދަތިކަމާއި ރަށަށް އަރާ ބަނދަރުގައި ހުރި ދަތިކަމުގެ އިތުރުން ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަކީ ރަށުގެ ރައްޔިތުން ވަރަށް ބޭނުންވާ ކަމެއް ކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ.

އެ ކަންކަމުގެ އިތުރުން ތުރާކުނުގައި ދިމާވާ ކަރަންޓުގެ މައްސަލަ ފާހަގަކުރައްވައި، ޒަމާނީ ފެންވަރުގައި ކަރަންޓު ދެވޭނެ ގޮތެއް ބޭނުންވާ ކަމަށާއި ރަށުގެ ޞިއްޙީ މަރުކަޒުގައި ހުރި ގޮންޖެހުންތައް ކައުންސިލުން ރައީސް އާ ހިއްސާކުރެއްވިއެވެ.

ތުރާކުނު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީންވެސް ވަނީ އެ ކަނބަލުންގެ ކަންބޮޑުވުންތައް ރައީސް އާ ހިއްސާކުރައްވާފައެވެ. އެގޮތުން ބަޖެޓުގެ ދަތިކަން ތުރާކުނު އ.ތ.މ ކޮމިޓީން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް ކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން މަސައްކަތްޕުޅު ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
371525_e3caafb0-1_
ތިން ވަޒީރުންނަށް ރުހުން ހޯދަން ކޮމިޓީއަށް
police_shaheedhhussainadam_gaumeedhidha_flag_jumhooree
ސްކޫލު ދަރިވަރަކު ރަހީނުކޮށް ބްލެކްމެއިލް ކުރި މައްސަލަ ބަލަނީ
aasaharaa
މަރާމާތުތަކަށްފަހު އާސަހަރާ ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށް
MPL-northharbour2
އެމްޕީއެލް އިން ހުޅުމާލޭގައި 10 ބުރީގެ އިމާރާތެއް އަޅަނީ
Ads by
މަގުބޫލު
352573_6707d699-0_-scaled
ރައީސްގެ ދެކަނބަލުން އީދު ސަލާން ކުރައްވައިފި
IMG_20240313_025311
މަގުތަކަށް ކުނި އެޅި 100 މީހުން ޖޫރިމަނާކޮށްފި
371525_e3caafb0-1_
ތިން ވަޒީރުންނަށް ރުހުން ހޯދަން ކޮމިޓީއަށް
345401_7d7053a7-4_
ރަށު ތަރައްޤީއަށް ބޭނުންވާ ކަންކަން ނޮޅިވަރަންފަރު ކައުންސިލުން ރައީސް އާ ހިއްސާކުރައްވައިފި
352573_6707d699-0_-scaled
ރައީސްގެ ދެކަނބަލުން އީދު ސަލާން ކުރައްވައިފި
IMG_20240313_025311
މަގުތަކަށް ކުނި އެޅި 100 މީހުން ޖޫރިމަނާކޮށްފި
371525_e3caafb0-1_
ތިން ވަޒީރުންނަށް ރުހުން ހޯދަން ކޮމިޓީއަށް
345401_7d7053a7-4_
ރަށު ތަރައްޤީއަށް ބޭނުންވާ ކަންކަން ނޮޅިވަރަންފަރު ކައުންސިލުން ރައީސް އާ ހިއްސާކުރައްވައިފި