Sunday, 27 September 2026
Ads by

ކޮންސަލްޓަންޓުގެ މައުލޫމާތާއި ނަން ބޯޑުތަކުގެ ހަރަދުތަކުގެ ތަފްސީލް ދޭން ސިޓީ ކައުންސިލުން ދެކޮޅު ހަދައިފި

ކޮންސަލްޓަންޓުގެ މައުލޫމާތާއި ނަން ބޯޑުތަކުގެ ހަރަދުތަކުގެ ތަފްސީލް ދޭން ސިޓީ ކައުންސިލުން ދެކޮޅު ހަދައިފި

މާލެ ސިޓީ ކައުންސިލަށް ނަގާފައިވާ ކޮންސަލްޓަންޓުންގެ މައުލޫމާތާއި ނަން ބޯޑުގެ ހަރަދުތަކުގެ ތަފްސީލް ދޭން މާލެ ސިޓީ ކައުންސިލުން ދެކޮޅު ހަދައިފިއެވެ.

Ad Image
Ads by

މާލެ ސިޓީ ކައުންސިލްގައި އެމްޑީޕީގެ 15 ކޮންސަލްޓަންޓުން ތިބި ކަމަށް މޭޔަރު އާދަމް އާޒިމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

”އެކި މީޑިއާ“ އިން ވާނީ ތިން ކަމެއްގައި މައުލޫމާތު ހޯދަން މާލެ ސިޓީ ކައުންސިލަށް އާރްޓީއައި ލާފައެވެ.

ފުރަތަމަ އާރްޓީއައި

  • 23 ޖެނުއަރީ 2024 އިން ފެށިގެން 9 އޭޕްރީލް 2026 ގެ ނިޔަލަށް މާލޭސިޓީ ކައުންސިލްގެ އެކި މަސައްކަތްތަކަށް ނެގިފައިވާ ކޮންސަލްޓަންޓުންގެ އަދަދާއި އެކަމަށް ހޭދަކުރި ނުވަތަ ހޭދަވާ ހަރަދާއި ހުރިހާ ކޮންސަލްޓަންޓުންގެ ވަނަވަރާއި މުސާރަ އާއި އިނާޔަތްތަކުގެ ތަފްސީލާއި ކޮންސަލްޓަންޓުން ކުރާ މަސައްކަތްތަކުގެ ތަފްސީލާއި މިހާރު ވަޒީފާގައި ނެތް ނަމަވެސް 23 ޖެނުއަރީ 2024 ގެ ފަހުން ނެގި ހުރިހާ ކޮންސަލްޓަންޓުންގެ މައުލޫމާތު ހިއްސާކުރުމަށް

ދެވަނަ އާރްޓީއައި

  • މާލެ ސިޓީ މަގުތަކުގައި ހަރުކޮށްފައިވާ (މަގުތަކަށް ކިޔާ ނަން) ބޯޑުތައް ހަދަން ހަވާލުކުރި ކޮންޓްރެކްޓަރުގެ ނަމާއި މަސައްކަތް ހަވާލުކުރި އަގާއި މުޅި މަޝްރޫޢުގެ ތަފްސީލާއި މިހާތަނަށް ކޮންޓްރެކްޓަރަށް ހަރަދުވި ފައިސާގެ ތަފްސީލުގެ އިތުރުން މި ބޯޑުތައް ފުރަތަމަ ހަރުކުރިއިރު ބޯޑުތަކުގައި ނުބައިކޮށް ނަންޖަހާފައި ހުރުމުން، އަލުން ބޯޑުތައް ހެދުމަށް ދިޔަ ހަރަދުގެ ތަފްސީލް

މާލެ ސިޓީ ކަައުންސިލުން އެ ދެ އާރްޓީއައިއަށް ޖަވާބު ދިނުމުގެ ބަދަލުގައި ވަނީ ޖަބާވު ދޭ މުއްދަތު 14 ދުވަހަށް އިތުރުކޮށްފައެވެ.

”އެކި“ އަށް އެނގިފައިވާ ގޮތުގައި އެ ދެ އާރްޓީއައިގެ މުއްދަތު އިތުރުކުރީ ސީދާ މޭޔަރު އާދަމް އާޒިމް އަންގަވައިގެންނެވެ. އަދި އެކަން ކުރީ އެ މައުލޫމާތުތައް އާއްމުންނަށް ހާމަވިޔަ ނުދިނުމަށް ކަން އެނގިފައިވެއެވެ.

”އެކި“ އަށް އެނގިފައިވާ ގޮތުގައި ނަން ބޯޑުތައް ހަދަންވެސް މާލެ ސިޓީ ކައުންސިލްގެ ބަޖެޓުން އެތައް މިލިއަނެއް ހޭދަކުރިއެވެ. އަދި ކޮންސަލްޓަންޓުންނަށް މުސާރައިގެ ގޮތުގައި 30،000-50،000ރ އާ ދެމެދުގެ އަދަދެއް ދެއެވެ.

ތިންވަނަ ކަމަކަށް ”އެކި“ އިން އެދިފައިވާނީ 23 ޖެނުއަރީ 2024 އިން ފެށިގެން 23 ޖެނުއަރީ 2026 ގެ ނިޔަލަށް މާލޭސިޓީ ކައުންސިލުން ކުރިއަށް ގެންދަން ނިންމި މަޝްރޫޢުތަކުގެ ތެރެއިން މިހާތަނަށް ކުރިއަށް ގެންދެވިފައިވާ މަޝްރޫޢުތަކާއި، ކުރިއަށްދާ އަދި އެއްކޮށް ނިމިފައިވާ މަޝްރޫޢުތަކުގެ ތަފްސީލަށެވެ. އަދި އެކަމަށް ހޭދަކުރި، އަދި ހޭދަވާ ޚަރަދު، (އެޑްވާންސަށް ފައިސާ) ދައްކާފައިވާނަމަ އެ ތަފްސީލްތަކާއެކު މި މަސައްކަތްތައް ނުވަތަ މަޝްރޫޢުތައް ހަވާލުކުރެވިފައިވާ ކުންފުނިތަކުގެ ނުވަތަ ކޮންޓްރެކްޓަރުންގެ ތަފްސީލަށްވެސް ”އެކި“ އިން ވާނީ މާލޭސިޓީ ކައުންސިލުގައި އެދިފައެވެ. މި މަޢުލޫމާތު ހާމަކުރަން ބާކީ އޮތީ 6 ދުވަހެވެ. ބެލެވޭ ގޮތުގައި މި 6 ދުވަސް ހަމަވުމުން މާލޭސިޓީ ކައުންސިލުން ދެވަނަ ފަހަރަށް މުއްދަތު އިތުރުކުރާނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
1 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
ބައްޔާ
ބައްޔާ
4 މަސް ކުރިން

ތިއާޒިމަކީ މަޢަޢްމިހާތަނަޢްފެނުނު އެންމެކޮރަޕުޓުމީހާ

Ads by
ފަހުގެ ޚަބަރު
download - 2026-09-26T083407
ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ދައުވާތަކުގައި ޓިކްޓޮކުން އެމެރިކާގެ އެލަބާމާއާއެކު ސުލްހައިގެ ފުރަތަމަ އެއްބަސްވުން ގާއިމުކޮށްފި
DSC_8864
ދަރަނި އަދާކޮށް، އަސާސީ ހިދުމަތްތައް ގާއިމުކުރުމުން އިންވެސްޓަރުންގެ އިތުބާރު ލިބޭ: ރައީސް މުޢިއްޒު
marine tech ukulhas
މެރިން ޓެކް ޓްރެއިނިންގް ޕްރޮގްރާމް އއ. އުކުޅަހުގައި ފަށައިފި
download - 2026-09-26T115209
ބިން ހިއްކުމުގެ މަޝްރޫޢުތައް އަވަސްކުރަން އެމްޓީސީސީއަށް ބޮޑު އާ ޑްރެޖަރެއް ގެންނަނީ
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި