Saturday, 24 October 2026
Ads by

އެންމެ ބޮޑު އިސްކަމެއް ދެނީ ލަންކާއާއެކު ވެވުނު އެއްބަސްވުންތައް ތަންފީޒުކޮށް، އޭގެ ފައިދާ ހޯދުމަށް: ރައީސް 

އެންމެ ބޮޑު އިސްކަމެއް ދެނީ ލަންކާއާއެކު ވެވުނު އެއްބަސްވުންތައް ތަންފީޒުކޮށް، އޭގެ ފައިދާ ހޯދުމަށް: ރައީސް 

އެންމެ ބޮޑު އިސްކަމެއް ދެނީ ލަންކާއާއެކު ވެވުނު އެއްބަސްވުންތައް ތަންފީޒުކޮށް، އޭގެ ފައިދާ ދެ ގައުމަށްވެސް ލިބޭނެ ގޮތް ހެދުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

Ad Image
Ads by

ރައީސް އެ ފަދައިން ވިދާޅުވީ، ރައީސް ލަންކާއަށް މިހާރު ކުރައްވަމުން އަންނަ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ރައީސް އޮފީހުގައި ބޭއްވި މަޝްވަރާ ބައްދަލުވުމަށް ފަހު، އިއްވި ބަޔާނުގައެވެ.

ރައީސްގެ ބަޔާނުގައި އެ މަނިކުފާނު ވިދާޅުވީ، މި ފުރަމާނަ ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި އޮތް އަވަށްޓެރި ގާތް ގުޅުމަށް އައު ދިރުމެއް ގެނެސްދެއްވުމުގެ ދަތުރުފުޅެއްގެ އިތުރުން، ރާއްޖެއާއި ސްރީލަންކާއާ ދެމެދު، މުސްތަގުބަލަށް އަމާޒު ހިފާފައިވާ އައު ބަދަހި ގުޅުމެއްގެ ފެށުމެއް ކަމަށެވެ.

ރައީސް ޑިސަނާޔަކެއާއެކު ކުރިއަށްގެންދެވި ރަސްމީ ވާހަކަފުޅުތަކަކީ ވަރަށް ކާމިޔާބު މަޝްވަރާތަކެއްކަން ފާހަގަކުރައްވައި، ދޭދޭ ގުޅުންތަކާއި ސަރަހައްދީ އަދި ދުނިޔޭގެ މަސްރަހުގެ މުހިންމު ކަންކަމާ ގުޅޭގޮތުން އެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދެއްކެވިކަމަށް ރައީސް ވިދާޅުވިއެވެ.

މިއަދު ސޮއިކުރެވުނު ފަހުމުނާމާ (އެމްއޯޔޫ)ތަކާއި އެއްބަސްވުންތަކަށް އަލިއަޅުއްވާލައްވައި، އެ މަނިކުފާނު ވިދާޅުވީ މިހާރު އެންމެ މުހިންމު އިސްކަމެއް ދެއްވާނީ މި ކަންކަން ތަންފީޒުކޮށް، ދެ ގައުމުގެ ރައްޔިތުންނަށް އޭގެ ހަގީގީ މަންފާ ހޯދައިދިނުމަށް ކަމަށެވެ.

ދެ ގައުމުގެ މަޝްވަރާތަކުގެ މައިގަނޑު އަސާސަކީ އިގްތިސޯދީ އެއްބާރުލުންކަން ފާހަގަކުރައްވައި،  ރައީސް ވިދާޅުވީ، ރާއްޖޭގެ ތަރައްގީގައި ސްރީލަންކާގެ ރައްޔިތުން އަދާކުރާ މުހިންމު ދައުރާއި ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންގެ ހިއްސާ ބޮޑު ކަމަށެވެ.

ވިޔަފާރިއާއި އިންވެސްޓްމަންޓް ފުޅާކުރުމަށާއި އިންވެސްޓަރުންނަށް ފަހި މާހައުލެއް ގާއިމުކޮށް، ވިޔަފާރީގެ އައު ފުރުސަތުތައް ހުޅުވައިދިނުމަށް ދެ ގައުމުން މަސައްކަތްކުރާނެކަމުގެ ޔަގީންކަންވެސް އެ މަނިކުފާނު ދެއްވިއެވެ. އެގޮތުން ކުރިއަށް އޮތް ”މޯލްޑިވްސް-ސްރީލަންކާ ބިޒްނަސް ފޯރަމް“ ވެގެންދާނީ ދެ ގައުމުގެ ވިޔަފާރިވެރިންނާއި އިންވެސްޓަރުން ގުޅުވައިދޭ މުހިންމު މަންސައަކަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، މޫސުމަށް އަންނަ ބަދަލުތަކަކީ ދެ ގައުމަށްވެސް އޮތް ނުރައްކަލެއްކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ ބައިނަލްއަގުވާމީ މައިދާނުގައި މިކަމަށް ވަރުގަދައަށް ވަކާލާތުކުރުމާއި ތިމާވެށީގެ ރޮނގުން، ގުޅިފައިވާ މަސައްކަތްތަކެއްކޮށް، މޫސުމީ ވިލުންތެރިކަން އިތުރުކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަމަށެވެ.

ރައީސްގެ ބަޔާން ނިންމަވާލެއްވީ، މި ދަތުރުފުޅަކީ ދިވެހިރާއްޖެއާއި ސްރީލަންކާގެ ގުޅުމުގެ އައު އަދި ހަލުވި ބާބެއްގެ ފެށުންކަން ފާހަގަކުރައްވަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި