Wednesday, 9 September 2026
Ads by

ރާއްޖޭގެ ދިފާޢީ ބާރު ވަރުގަދަ ކުރުމަކީ ރައީސް ޙާއްޞަ އިސްކަމެއް ދެއްވާ ކަމެއް: ޣައްސާން

ރާއްޖޭގެ ދިފާޢީ ބާރު ވަރުގަދަ ކުރުމަކީ ރައީސް ޙާއްޞަ އިސްކަމެއް ދެއްވާ ކަމެއް: ޣައްސާން

ޑިފެންސް މިނިސްޓަރު ޣައްސާން: ރާއްޖޭގެ ދިފާޢީ ބާރު ވަރުގަދަ ކުރުމަކީ ރައީސް ޙާއްޞަ އިސްކަމެއް ދެއްވާ ކަމެއް ކަމަށް ވިދާޅުވި - ފޮޓޯ:އެމްއެންޑީއެފް

ރާއްޖޭގެ ދިފާޢީ ބާރު ވަރުގަދަކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ އިސްކަމެއް ދެއްވާ ކަމެއް ކަމަށް ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރާއްޖެ އާއި އިންޑިއާ އަދި ސްރީ ލަންކާގެ ކޯސްޓްގާޑް ގުޅިގެން ކުރިއަށް ގެންދާ ”ޓްރައިލެޓެރަލް ޖޮއިންޓް އެކްސަސައިޒް ދޯސްތީ – 16“ ފެށުމުގެ ގޮތުން މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އިންޑިއާ ކަނޑުގައި އަމާންކަމާއި ސަލާމަތްތެރިކަން ދެމެހެއްޓުމަށް ރާއްޖޭގެ ދިފާޢީ ބާރާއި ކޯސްޓްގާޑް ވަރުގަދަކުރުމަކީ ރައީސް ޚާއްޞަ އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ.

އިންޑިއާ ކަނޑުގައި ޓްރޭޑް ރޫޓުތައް ގިނައިރު، ސަރަޙައްދީ ޤައުމުތައް ގުޅިގެން ކަނޑުގެ ސަލާމަތީ ކަންކަން ބަލަހައްޓަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވެފައި ވަނީ ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ ޢަމަލުތަކާއި މޫސުމަށް އަންނަ ބަދަލުތަކުން ކަނޑުމަތީ ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ޤައުމުތައް ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނި ގޮތުގައި މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި އެކްސަސައިޒަކީ ރާއްޖެ އާއި އިންޑިއާ އަދި ސްރީ ލަންކާގެ ކޯސްޓްގާޑުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމާއި ކަނޑުމަތީގައި ދިމާވާ ހާދިސާތަކުގައި ތިން ޤައުމުގެ ކޯސްޓްގާޑު ގުޅިގެން ހަރަކާތްތެރިވާނެ ގޮތްތައް ދެނެގަތުމުގެ މަގުސަދުގައި ބާއްވާ އެކްސަސައިޒެއް ކަމުގައެވެ.

ތިން ޤައުމު ގުޅިގެން ހިންގާ އެކްސަސައިޒް ”ދޯސްތީ“ ގައި، މެރިޓައިމް އިންޓަރޑިކްޝަން އޮޕަރޭޝަންސް، ކަނޑުމަތީގެ ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކާއި މެރިޓައިމް ސަރވޭލަންސް އަދި ކޮމިއުނިކޭޝަން ޑްރިލްތައް ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެމްއެންޑީއެފުން ބުނީ މި ތަމްރީނުތަކުގެ ސަބަބުން ތިން ޤައުމުގެ އަސްކަރީ ތަޖުރިބާތައް އިތުރުވެ، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރި ގޮންޖެހުންތަކަށް އިޖާބަދިނުމުގައި ގުޅިގެން މަސައްކަތް ކުރުމުގެ ގާބިލުކަން ވަރުގަދަވެގެންދާނެ ކަމަށެވެ. މި އެކްސަސައިޒްގެ ޢަމަލީ ފަރިތަކުރުންތައް ކުރިއަށް ދަނީ މާލެ އާއި މާލެ ކައިރި ކަނޑުގެ ސަރަޙައްދުގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ސިލްސިލާ ގޮތެއްގައި އެކްސަސައިޒް ”ދޯސްތީ“ ގެ ތަމްރީނުތައް ކުރިއަށް ގެންދާތާ 30 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، އެކްސަސައިޒް ”ދޯސްތީ“ އަކީ 1991 ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރުން އެއް އަހަރު އިންޑިއާ ކޯސްޓްގާޑާއި އެމްއެންޑީއެފް ކޯސްޓްގާޑް ގުޅިގެން ހިންގަން ފެށި އެކްސަސައިޒެއް ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެމްއެންޑީއެފުން ބުނެފައިވާ ގޮތުގައި މި އެކްސަސައިޒުގައި ސްރީލަންކާ ބައިވެރިވާން ފަށާފައި ވަނީ 2012 ވަނަ އަހަރުން ފެށިގެން ކަމަށާއި އެކްސަސައިޒްގެ އޮބްޒާވަރެއްގެ ގޮތުގައި މި އަހަރު ބަންގްލަދޭޝް ކޯސްޓްގާޑުން ބައިވެރިވާ ކަމުގައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި